09 ޑިސެމްބަރ 2016 - 06:38

އަންނަ އަހަރު ރިލީޒް ކުރަން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ އެއް ފިލްމަކީ ޓޮމް ކްރޫޒްގެ "ދަ މަމީ" އެވެ.
މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ދައްކައިލުމާ އެކު، ފިލްމާ މެދު ކުރެވޭ އުންމީދުތައް ކުރިއަށް ވުރެ ވެސް ވަނީ ބޮޑުވެފަ އެވެ. ޓްރެއިލާ ބެލި ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި "ދަ މަމީ" އަކީ ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް ހާދިސާއެއް ފެންނާނެ ފިލްމެކެވެ.
އެލެކްސް ކާޒްމަން ޑައިރެކްޓްކޮށްފައިވާ އެކްޝަން-އެޑްވެންޗަ ސްޕަނެޗްރަލް ފިލްމުގައި ދައްކުވައި ދޭނީ މިސްރުގެ ސަހަރާގެ ތެރޭގައި އޮތް ގަދީމީ ގަބުރެއް ކޮނެގެން ލަންޑަނަށް ގެންދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ އާދަޔާހިލާފު ކަންތައްތަކެވެ. މިއީ "މަމީ" ސިލްސިލާ އަށް އިތުރުވާނެ މުހިންމު ބައެކެވެ.
ކްރޫޒާ އެކު ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން މަޝްހޫރު އެކްޓަރު ރަސަލް ކްރޯ ވެސް ފެނެ އެވެ.
"ދަ މަމީ" ގެ ޓްރެއިލާ އަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށް، ޓްރެއިލާ ދައްކާލި ނަމަވެސް ފިލްމު ފެންނަން އަދި ދުވަސްގަނޑެއް އެބަ އޮތެވެ. ފިލްމު ސިނަމާތަކަށް އަންނާނީ ޖޫން 9، 2017 ގަ އެވެ.
މީގެ ކުރިން ނެރުނު މަމީގެ ފިލްމުތަކުގެ ތެރޭގައި "ދަ މަމީ" (1999)، "ދަ މަމީ ރިޓާންސް" (2001)، "ސްކޯޕިއަން ކިންގް" (2002) އަދި "ދަ މަމީ: ޓޮމްބް އޮފް ދަ ޑްރަގަން އެމްޕަޔާ (2008)، ހިމެނެ އެވެ.