ޖަރުމަނުގެ މިއުޒިކް ފެސްޓިވަލަށް ހޮނުއެޅުމުން ބާކީ ޝޯތައް ކެންސަލް
ޖަރުމަނުގެ މިއުޒިކް ފެސްޓިވަލަށް ހޮނުއެޅުމުން ބާކީ ޝޯތައް ކެންސަލް

ބާލިން (ޖޫން 5) - ޖަރުމަނުގައި ރޮކް މިއުޒިކް ފެސްޓިވަލެއް ކުރިއަށް ދަނިކޮށް ހޮނުއަޅާ 80 މީހުން ޒަޚަމްވުމާ ގުޅިގެން ފެސްޓިވަލުގެ ފަހު ޝޯ ކެންސަލްކޮށްފައިވާ ކަމަށް އިންތިޒާމްކުރި ފަރާތުން ބުނެފި އެވެ.

ޖަރުމަނުގެ މިއުޒިކް ފެސްޓިވަލަށް ހޮނުއެޅުމުން ބާކީ ޝޯތައް ކެންސަލް
ޖަރުމަނުގެ މިއުޒިކް ފެސްޓިވަލަށް ހޮނުއެޅުމުން ބާކީ ޝޯތައް ކެންސަލް

ޝޯ އިންތިޒާމް ކުރި ފަރާތުން ބުނީ ޓިކެޓް ވިއްކާ ހުސްވެފައިވާ ފަހު ޝޯ ކެންސަލް ކުރަން ޖެހުނީ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. ހޮނިހިރު ދުވަހުގެ ރޭ ވެސް ޝޯ ކުރިއަށް ދަނިކޮށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހެން ފެށުމުން ވަނީ ޝޯ މެދުކަނޑާލަން ޖެހިފަ އެވެ. އަދި އޯޕަން އެއާގައި ބޭއްވި ޝޯ ބަލަން ވަދެ ތިބި 92،000 މީހުން ހިޔާވަހިކަން ހޯދަން ޖެހުނީ ކާރުތަކާއި ޓެންޓްތަކަށް ވަދެގެންނެވެ.

ޖަރުމަނުގެ މިއުޒިކް ފެސްޓިވަލަށް ހޮނުއެޅުމުން ބާކީ ޝޯތައް ކެންސަލް
ޖަރުމަނުގެ މިއުޒިކް ފެސްޓިވަލަށް ހޮނުއެޅުމުން ބާކީ ޝޯތައް ކެންސަލް

ޝޯ އިންތިޒާމް ކުރި ފަރާތުން ބުނެފައި ވަނީ ޓިކެޓް ވިއްކާފައި ވަނިކޮށް ކެންސަލް ކުރަން ޖެހުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަކު އެންމެ އިސްކަން ދެނީ ޝޯ ބަލަންދާ މީހުންގެ ސަލާމަތަށް ކަމަށެވެ. މި ފެސްޓިވަލުގެ ޝޯތައް ކުރިން ކެންސަލް ނުކުރުމުން ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ހޮނު އެޅުމުން ޒަޚަމްވި މީހުންގެ ތެރޭން އަށް މީހެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ބުނެ އެވެ.

ޖަރުމަނުގައި އެންމެ މަޝްހޫރު އެއް މިއުޒިކް ފެސްޓިވަލުގެ ގޮތުގައި ބަލާ ރޮކް އޭމް ރިންގް ވެސްޓަލް ކުރިއަށް ދަނިކޮށް މިދިޔަ އަހަރު ވެސް ވަނީ ހޮނުއަޅައިގެން 33 މީހުން ހޮސްޕިޓަލަށް ގެންދަން ޖެހިފަ އެވެ. ޖަރުމަނުގެ ހުޅަނގު ދެކުނުގައި ފުޓުބޯޅަ މެޗެއް ކުޅެމުން ދަނިކޮށް މިދިޔަ ހަފުތާގައި ހޮނުއެޅުމުން 35 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި ޕެރިހުގެ ޕާކެއްގައި ކުޑަ ކުއްޖެއްގެ އުފަން ދުވަހުގެ ޕާޓީއެއް ކުރިއަށް ދަނިކޮށް ހޮނުއެޅުން 11 މީހުން ވަނީ ޒަޚަމްވެފަ އެވެ.

މެދުތެރޭ ޔޫރަޕަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޖަރުމަނުން މިހާތަނަށް ވަނީ 11 މީހުން މަރުވެފަ އެވެ.