ސީގަލް ކުންފުނީގެ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ
ސީގަލް ކުންފުނީގެ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ

މާލޭގައި އިމާރާތެއްގައި ދެންމެ އަލިފާން ރޯވެއްޖެ އެވެ.

ސީގަލް ކުންފުނީގެ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ
ސީގަލް ކުންފުނީގެ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ

އެމްއެންޑީއެފުން ދެންމެ ބުނިގޮތުގައި ރޯވީ، އަމީނީ މަގުން ސީގަލް ފިހާރައާ އިންވެގެން ހުރި އިމާރާތެއްގަ އެވެ. އަލިފާން ރޯވިކަމުގެ މައުލޫމާތު މިއަދު 11:51 ގައި އެމްއެންޑީއެފަށް ލިބުމާއެކު، އަލިފާން ނިއްވުމަށް ސިފައިންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސީގަލް ކުންފުނީގެ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ
ސީގަލް ކުންފުނީގެ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ

މަންޒަރު ދުށް މީހުން ބުނިގޮތުގައި ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ހަތަރު ބުރީގެ އެ އިމާރާތުގައި ރޯވީ ފުރަތަމަ ދެ ބުރީގަ އެވެ. އެއީ ސީގަލް ކުންފުނީގެ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއް ކަމަށް ވާއިރު، އަލިފާން ރޯވިއިރު އެއްވެސް މީހަކު ނެތް ކަމަށް ވެ އެވެ.

އަލިފާން ރޯވިތާ ބައިގަޑިއެއްހާއިރުގެ ތެރޭގައި ފަޔާ ފައިޓަރުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ.