17 އޮކްޓޯބަރ 2021 - 17:50

އޮންލައިންކޮށް ކިޔަވާއިރު ކިޔެވުމަށް އިތުރަށް ސަމާލުކަން ދިނުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު އެދިވަޑައިގެންފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ މިހާރު ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ނިޒާމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

މީގެ ކުރިން، ކްލާސްތަކުގައި ކިޔަވައިދިން ކަމުގައި ވިއަސް އެ ހުރިހާ ކަމެއް އޮންލައިންނަށް ބަދަލުވެ، އެ ގޮތަށް ކިޔަވައިދިނުން އާއްމުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ކިޔެވުމާއި ތަމްރީނުތައް ހަދާއިރު އިތުރަށް ސަމާލުކަން ދޭންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ކިޔެވުމުގެ ފެންވަރު ދަށްވެދާނެ ހުރިހާ ކަމަކުން ތިމާ ދުރުވާންޖެހޭ. ދުވަހަކު ވެސް މުހިއްމު ނުވާ ވަރަށް މިއަދު ކިޔެވުމުގެ އަހުލާގު މި ވަނީ މުހިއްމުވެފައި. އެ އަހުލާގު ނުހިފެއްޓިއްޖެ ނަމަ ތިމާގެ ތައުލީމީ ދަތުރުގެ ކާމިޔާބީގެ ފޮނި މީރުކަން ކުޑަވާނެ،" ޑރ. އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަވަނަމުންދާ މި ދުނިޔޭގައި އިލްމާއި އުނގެނުމަކީ ކޮބައިކަމާ މެދު ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.
އުނގެނުމަކީ ނިމުމެއް އޮތް ކަމެއް ނޫން ކަމަށާއި ވަކިން ހާއްސަކޮށް ޓީޗަރުންނާއި ރިސާޗަރުންގެ ގޮތުގައި މަސައްކަތްކުރާ ނަމަ އަބަދުވެސް އިލްމު އުނގެނެން ޖެހޭނެކަމަށް ވިދާޅުވެ، އެ މީހަކު ތައުލީމު ހާސިލްކުރި ދާއިރާއިން އެކި މުޖުތަމައުގައި ހޯދަމުން އަންނަ ކުރިއެރުމަކީ ކޮބައިތޯ ބެލުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
މިނިސްޓަރު ވިދާޅުވީ ޔުނިވާސިޓީގެ ދޮރާށިން ބޭރަށް ނުކުތް ކަމުގައި ވިޔަސް އަދި ކިޔެވުމުގައި އިތުރު މަރުހަލާއަކަށް ދިޔަ ނަމަވެސް އިލްމީ ގޮތުން ކުރިއަށް ދިއުމަށް އަދި އިލްމީ ފޮތްތައް ލިޔެ ޝާއިއުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެ ބޭނުންތެރިކަން އެންމެ ބޮޑީ، އޭނާ ވިދާޅުވި ގޮތުގައި، ތައުލީމީ ނިޒާމާއި އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތަކަށެވެ.
ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދޭ ކަމަށާއި ރާއްޖެއަށް އެންމެ މުހިއްމު ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަގުސަދު ހާސިލްވާނެ ގޮތަށް ސަރުކާރުގެ އެކި ޕޮލިސީތައް ބައްޓަންވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.