މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

މި ރަށުގައި މަރާލާފައި އޮއްވައި އިއްޔެ މެންދުރު ފެނުނި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު (މަހުމޫދުބެ) ގެ ޖަނާޒާގެ ކަންކަން މިއަދު ހަވީރު ބޭއްވިއިރު ހިތްދަތިކަމާއި މޮޅިވެރިކަން ނުފެންނަ އެއްވެސް މޫނެއް ނެތެވެ. ދަނގެތީގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް އުމުރުން 57 އަހަރުގެ މަހުމޫދުގެ ޖަނާޒާގައި ބައިވެރިވިއިރު، ކޮންމެ މީހަކު ކަހަލަ ގޮތަކަށް ސަހަރާ އިން ނުކުމެގެން ދިޔައީ ރޮމުންރޮމުންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދަނގެތީގައި އުޅޭ އެންމެންގެ ދިރިއުޅުމާ ގުޅިފައިވާ މަހުމޫދުގެ ކުއްލި ވަކިވުމަކީ މުޅި މި ރަށަށް ލިބޭ ފަޅުކަމެކެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

މަހުމޫދުގެ ޖަނާޒާ ނުބާއްވައި އޭނާގެ ހަށިގަނޑު ރޭ ފަތިހު މާލެ ގެންދަން އުޅުމުން އާއިލާ އިން ފުރަތަމަ ދެކޮޅު ހެދި އެވެ. އެކަމަކު ދެ ފަރާތުން ވެސް އޭނާގެ ހަށިގަނޑު މާލެ އަށް ފޮނުވައިލުމަށް އެއްބަސްވީ މިއަދު އަނބުރާ ގެންނަ ގޮތަށެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

ފުލުހުން ޓެސްޓެއް ހަދަން މަހުމޫދުގެ ހަށިގަނޑު ބޮޑީ ބޭގަކަށް ލައި މާލެ އަށް ފުރުވައިލީ މިއަދު ހެނދުނު 5:40 ހާއިރެވެ. އެކަން ކުރަން މާ ގިނަ އިރުތަކެއް ހޭދައެއް ނުވެ އެވެ. އެ ޓެސްޓުތަކަށް ފަހު، މާލެ އިން ސަންދޯކަކަށް ލައި އަނބުރާ އޭނާގެ ހަށިގަނޑު މި ރަށަށް ފޮނުވައިލީ ކޯސްޓްގާޑުގެ ލޯންޗެއްގަ އެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

މިއަދު މެންދުރު ދޭއް ޖަހާކަންހާއިރު މަހުމޫދުގެ ހަށިގަނޑު ދަނގެއްޗަށް ގެނައުމުން ހިނަވާ ގެއަށް ގެންގޮސް ޖަނާޒާގެ ކަންކަން ތައްޔާރު ކުރަން ކުރަން ފެށި އެވެ. މޫނު ދެއްކުމުގެ އިންތިޒާމު ހަމަޖެއްސީ އަސުރު ނަމާދަށް ފަހު އެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

ދަނގެތީގެ ހުޅަނގު ފަރާތުގައި ހުންނަ އެ ރަށުގެ މިސްކިތުގެ ހިނަވާގެ އަށް މަހުމޫދުގެ މޫނު ބަލަން ގިނަ ބަޔަކު އެ ސަރަހައްދަށް އައެވެ. ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ތިބީ މިސްކިތް ކައިރި އަށް ޖަމާވެފަ އެވެ. އެ ތަނަށް ދިޔަ މީހުންނަށް ހެޔޮ އެެދޭ ފަރާތްތަކުން ސައި މޭޒެއް ވެސް ތައްޔާރުކޮށްފައި ބެެހެއްޓި އެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

ދަނގެތީގެ އާދަކާދަ އޮންނަ ގޮތުން މީހަކު ނިޔާވެއްޖެ ނަަމަ ރަށުގެ ރައްޔިތުން މައްޔިތާގެ ޖަނާޒާގެ ކަންކަން އިންތިޒާމު ކުރަން އުޅެ އެވެ. ރަށު ކައުންސިލުން ބުނި ގޮތުގައި އެއީ އެ ރަށުގެ އެއްބައިވަންތަމުގެ އެއް ސިފަ އެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

ސަފު ހަދާލާފައި ފަހަރަކު މީހަކު ހިނަވާ ކޮޓަރިން ވަދެގެން ނުކުމެގެން ދިޔަ އިރު ގިނަ މީހުން ތިބީ ފެންކަޅިވެފަ އެވެ. އެންމެ ބޮޑަށް އަސަރު ކުރީ އޭނާގެ އާއިލާގެ މީހުންނަށެވެ. ހާއްސަކޮށް މަހުމޫދުގެ މަންމަ އަށް ކޮށްފައިވާ އަސަރު އޭނާގެ ރުއިމުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

މަހުމޫދުގެ މޫނު ދައްކައި ނިމުމުން ކަށުނަމާދަށް ސަންދޯއް ޕިކަޕަކަށް އަރުވައިގެން ގަބުރުސްތާނަށް ގެންދިޔަ އިރު ވެސް ފަހަތުން ރަށުގެ ރައްޔިތުން ފައިމަގުގަ އާއި ސައިކަލުގައި ދިޔަ އެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

ވަޅުލި އިރު އެންމެ ފަހުގެ އިހުތިރާމު އަދާކުރަން އެ ތަނަށް ރަށުގެ ރައްޔިތުންނާއި ބިދޭސީން ވެސް ގޮސް ތިއްބެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

މަހުމޫދުގެ ސަންދޯއް ވަޅަށް ބާލާފައި ވެލި އެޅީ ވެސް ތަފާތު ގޮތަކަށެވެ. އޭނާގެ މަހާނަ މައްޗަށް ދޮންވެލި އަޅައި ވަށައިގެން ހިކި ފަން ޖަހައި ރީތި ކުރި އެވެ. އަދި މަހާނައިގެ ދެކޮޅުގައި ދެ ގަސް އިންދައި އެ ދެ ގަހަށް ފެން ދިނެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

އެކަން ނިމުމުން މިސްކިތުގެ މުދިމު އެ ސަރަހައްދުގައި ތިބި މީހުންނަށް ދިގުކޮށް ދީނީ ނަސޭހަތް ލައި ދީފައި ޖަނާޒާ ނިންމާލީ އެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

މުޅި ދުވަހު ހިތްވަރު ކޮށްގެން ހުރި ނަމަވެސް، މަހުމޫދުގެ ޖަނާޒާ އަށް ފަހު މަހުމޫދުގެ އެންމެ ދޮށީ ދަރިއަށް ވެސް ރޮވުނެވެ. އެކަމަކު އޭނާ ގާތުގައި ތިބި މީހުން ހިތްވަރު ދީ ހެދި އެވެ. ނުރޯށޭ ބުނެ ބައްޕަ ވާނީ ޝަހީދަކަށް ކަމަށް އެ މީހުން ބުންޏެވެ.

މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް
މަހުމޫދުބެގެ ޖަނާޒާ: ކަރުނަ ނާޅާ އެކަކު ވެސް ނެތް

މަހުމޫދުގެ ތިބެނީ ފަސް ދަރިންނެވެ. އޭގެ ތެރެއިން ހަތަރު ދަރިން އުޅެނީ ދަނގެތީގަ އެވެ. އޭނާގެ އަންހެން ދަރިއަކު އެހެން ރަށެއްގެ މީހަކާ އިނދެގެން ރަށުން ބޭރުގައި ވެސް އުޅެ އެވެ.

މަހުމޫދުގެ މަރާ ގުޅިގެން އަދި ފުލުހުން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު، އޭނާ މަރާލައި ކަމަށް ކުޑަ އާބާދީއެއް އޮތް ދަނގެތީގެ ރައްޔިތުން ތުހުމަތު ކުރަނީ އެ ރަށަށް ބަދަލުވި ތޮއްޑޫގެ ދެ މީހަކަށެވެ. އަދި އެ ދެ މީހުން ގާތަށް ފަހުން އައި އެ ރަށުގެ އަންހެނަކަށް ވެސް ޝައްކު ކުރެ އެވެ.

ތުހުމަތު ކުރެވޭ ދެ ފިރިހެނުން ގައިގައި އިއްޔެ ރަށުގެ ބައެއް މީހުން ނުކުމެ ތަޅައިގަތުމުން އެ ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ފަހުން އަންހެން މީހާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. މިއަދު ހެނދުނު އެ ތިން މީހުން ވެސް ވަނީ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ.

މިއީ ދަނގެތީގެ ތާރީހުގައި ވެސް ގަސްދުގައި މީހަކު މަރައިލި ފުރަތަމަ ފަހަރެވެ. މި ރަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި މިއީ ހަނދާނުން ފިލައިގެން ނުދާހާ ބޮޑު ހިތާމައެކެވެ