އައިޑީކާޑު މުއްދަތު ހަމަވިޔަސް އެކައުންޓް ފްރީޒް ނުކުރާނެ: ބީއެމްއެލް
އައިޑީކާޑު މުއްދަތު ހަމަވިޔަސް އެކައުންޓް ފްރީޒް ނުކުރާނެ: ބީއެމްއެލް

އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އެއްވެސް ކަސްޓަމަރެއްގެ އެކައުންޓް ފްރީޒް ނުކުރާނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބޭންކުން މިހެން ބުނީ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަ އެވެ. ފަޒީލްގެ ޓްވީޓުގައި ވިދާޅުވީ އައިޑީކާޑު ނުވަތަ ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން ބީއެމްއެލް އިން ހިދުމަތް ނުދޭ ވާހަކަތައް އަޑު އިވޭ ކަމަށެވެ. އަދި އެއީ އެކަުއންޓް ފްރީޒް ކުރުން ކަމަށާއި އެކަން ކުރެވޭނެތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މި ޓްވީޓުގެ ޖަވާބުގައި ބީއެމްއެލް އިން ބުނީ އައިޑީ ކާޑުގެ މުއްދަތު ހަމަވިޔަސް އެކައުންޓު ފްރީޒް ނުކުރާނެ ކަމަށެވެ. ނަމަވެސް ގާނޫނާއި ގަވާއިދުގެ ދަށުން އަލަށް ބޭންކިން ހިދުމަތަށް އެދޭ އިރު ސައްހަ އައިޑީ ކާޑެއް ބޭނުންވާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ބޭންކުގެ ކަސްޓަމަރުން އިތުރު ހިދުމަތަކަށް އެދޭ އިރު ވެސް ސައްހަ އައިޑީ ކާޑެއް ބޭނުންވާނެ އެވެ.

މި ހިދުމަތްތަކުގެ އިތުރުން ބޭންކަށް ކަސްޓަމަރުން ދާން ޖެހޭ ހާލަތްތަކުގައި އައިޑީކާޑު ނެތް ނަމަވެސް ޕާސްޕޯޓާއި ލައިސަންސް ފަދަ ރަސްމީ ލިޔެކިޔުންތައް ބަލައިގަންނާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.