ހިޔާ ފްލެޓްތަކާ ގުޅޭ މައްސަލަތަކަށް ހާއްސަ ހޮޓްލައިނެއް
ހިޔާ ފްލެޓްތަކާ ގުޅޭ މައްސަލަތަކަށް ހާއްސަ ހޮޓްލައިނެއް

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅުމަށް ހާއްސަ ހޮޓްލައިނެއް އެޗްޑީސީން ތައާރަފުކޮށްފި އެވެ.

ހޮޓްލައިނެއްގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައި ވަނީ 7253535 އެވެ. މައްސަލަ ހުށަހެޅުމަށް މި ނަންބަރަށް މެސެޖްކުރަން ޖެހެނީ އެ މީހެއްގެ ނަމާއި ފޯނު ނަމްބަރު އަދި ފްލެޓްގެ ނަމްބަރާއި ހިޔާ ފްލެޓާ ގުޅޭ މައްސަލައިގެ ތަފްސީލެވެ.

ހިޔާ ފްލެޓާ ގުޅޭ މައުލޫމާތު ސާފުކުރުމަށާއި އިތުރު ކަންކަން އެ ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ފިނިޝިން ނުނިންމާ ހަވާލުކުރި މި ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިން ހަތަރު މަހުގެ މުއްދަތުގައި 200 އަށް ވުރެ ގިނަ އާއިލާ އެތަނުގައި އުޅެމުން އެބަދެ އެވެ. ބައެއް މީހުން ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމައިގެން އުޅެމުން އަންނައިރު އަނެއް ބަޔަކު މަސައްކަތް ނިންމުން ދަނީ ތަނުގައި އުޅެމުންނެވެ.

ފްލެޓްގެ ކުއްޏަށް 7،500 އަދި ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ. އެކަމަކު ފްލެޓުން ކުލި ނަގަން އޮތް މުއްދަތު ފަސްކޮށްދޭން ފްލެޓް ލިބުނު މީހުންދަނީ ސަރުކާރުގައި އާދޭސްކުރަމުންނެވެ.