ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

މެޗުގެ ކުޅުން ނިމިއްޖެ

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

ނާއިޒް އަށް ކުރި ފައުލްއަކާ ގުޅިގެން އިންޑިއާ ކުޅުންތެރިއަކަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނިޓް

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

އިންޑިއާގެ ބެންޗުން އޮފިޝަލަކަށް އަނެއްކާވެސް ރީނދޫ ކާޑު ދައްކައިފި

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

އިންޑިއާ ކޯޗަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކާ ބެންޗުން ފޮނުވާލައިފި

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

އިންޑިއާ ޓީމުން ތިން ބަދަލެއް ގެނެސްފި

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

އައިސަމް އާއި ސަމޫހުގެ ބަދަލުގައި ކުޅެން އެރުވީ އުމޭރު އަދި ނޫމާން (ހެލްމެޓް)

ރާއްޖޭން ދެ ބަދަލެއް ގެނެސްފި

އިންޑިއާ އަށް އަރިމަތިން ލިބުނު ހިލޭ ޖެހުމެއް ޗެތުރީ ބޮލުން ފޮނުވާލުމުން ގޯލުގެ ތެރެއަށް

ރާއްޖޭގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން އަރުވައިފި

އިންޑިއާ އަށް އަނެއްކާވެސް ކޯނަރެއް

އަޝްފާގު ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަންނަންދަނިކޮށް އިންޑިއާ ކީޕަރު އަތުން ޖައްސާ ގޯލުމަތިން ކޯނަރަކަށް ބޭރަށް

އިންޑިއާގެ ޕެނަލްޓީ އޭރިއާގެ ރޮނގުގެ ކުޑަ ތަންކޮޅެއް ބޭރުން އަޝްފާގު ވައްޓާލުމުން ހިލޭ ޖެހުމެއް

ރާއްޖޭގެ ގޯލު އޭރިއާ ތެރޭން ޗެތުރީ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް

މެދު ރޮނގާ ހިމައިން އަޝްފާގު ހަމްޕު އަށް ދިން ބޯޅަ އަށް ހަމްޕު އަރާ ސެންޓޭ އަށް ޖައްސާލުމުން މުޅިން ހުސްކޮށް ސެންޓޭ ފޮނުވާލި ބޯޅަ އިންޑިއާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކުޅުމުގެ ތެރެއަށް

އަޝްފާގު ނެގި ހިލޭ ޖެހުން އިންޑިއާ ކީޕަރު ހިފައިފި

އަރިމަތިން އަޝްފާގު ބޯޅަ ހިފައިގެން ހުސްކޮށް އަރަނިކޮށް އިންޑިއާ ކުޅުންތެރިއަކު ފައުލް ކުރުމުން ރާއްޖެ އަށް ހިލޭ ޖެހުމެއް. އިންޑިއާ ކުޅުންތެރިޔާ އަށް ރީނދޫ ކާޑެއް

އަނިޔާވި އިންޑިއާގެ ކުޅުންތެރިޔާ ބަދަލުކޮށްފި

އިންޑިއާ ކުޅުންތެރިއަކަށް އަނިޔާވެގެން ދަނޑުމަތީގައި މިހާރު ދަނީ ފަރުވާ ދެމުން

ދެ ވަނަ ހާފުގެ ކުޅުން ފަށައިފި

ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނިޓް

އަޝްފާގު ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް

ޕެނަލްޓީ ޖަހަނީ އަޝްފާގު

އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރޭން ހަމްޕު ހިފައިގެން ދިޔަ ބޯޅައެއް އިންޑިއާ ކުޅުންތެރިން ވައްޓާލުމުން ރާއްޖެ އަށް ޕެނަލްޓީއެއް

ފުރަތަމަ ހާފުގެ ކުޅުމުން ފަސް މިނިޓް ބާކީ އޮތް އިރު އިންޑިއާ ކުޅުންތެރިން ދަނީ ރާއްޖޭގެ ހާފުގެ ތެރޭގައި ކުޅެ ހަމަލާތައް އުފައްދަމުން. ރާއްޖޭގެ ގޭމް ނުކުޅެވި މިސްވާ ބޯޅަތަކުގެ ފައިދާ އިންޑިއާ ކުޅުންތެރިން ނަގާ ރާއްޖޭގެ ގޯލަށް ނުރައްކާ ބޯޅަތަކެއް ފޮނުވާލަން ފުރުސަތު ލިބޭ

އިންޑިއާ ކުޅުންތެރިން އަރިމަތިން އަރާ ގޯލަށް ފޮނުވާލި ބޯޅައެއް ކީޕަރު ފައިސަލް އަތުގައި ޖެހިފައި ކަހަލަ ގޮތަކަށް ކީޕަރު ބޯމަތިން ގޯލަށް

އިންޑިއާ ކުޅުންތެރިން އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން ރާއްޖެ އަށް ހިލޭ ޖެހުމެއް. އިންޑިއާ ކުޅުންތެރިއާ އަށް ރީނދޫ ކާޑެއް

ކައުންޓަ އެޓޭކުގައި އަޝްފާގަށް ލިބުނު ބޯޅައެއް މުޅިން ހުސްކޮށް އަރާ ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި އިންޑިއާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރަށް

މި ވަގުތު އިންޑިއާ އިން މި ވަނީ ފުލުފުލާ ދެ ހަމަލާ ރާއްޖޭގެ ގޯލަށް ފޮނުވާލާފައި

ރާއްޖޭގެ ހާފުގެ މެދުތެރޭން އިންޑިއާ އަށް ލިބުނު ހިލޭ ޖެހުމަކުން ލިބުނު ބޯޅަ ސުނިލް ޗެތުރީ ބޮލުން ފޮނުވާލުމުން ގޯލު މަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ރާއްޖޭގެ ކުޅުންތެރިން ދިފާއުކޮށްފި

ސެންޓޭ ފޮނުވާލި ހިލޭ ޖެހުން އިންޑިއާ ކުޅުންތެރިން ދިފާއުކޮށް ކުޅުމުގެ ތެރެއަށް

ޕެނަލްޓީ އޭރިއާގެ އެއް ކަނާ ދިމާލުން ރާއްޖެ އަށް ހިލޭ ޖެހުމެއް

ކޯނަރުން ނެގި ބޯޅަ އޭރިއާ ތެރެއިން ޗެތުރީ އޯވަހެޑަކުން ޖެހުމުން ގޯލު އަރިމަތިން ބޭރަށް

އިންޑިއާ ކުޅުންތެރިން ރާއްޖޭގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ކޯނަރަކަށް ރާއްޖޭ ކުޅުންތެރިން ބޭރުކޮށްލައިފި

އިންޑިއާ ހާފުގެ މެދަކާ ހަމައިން އަޝްގާފަށް ލިބުނު ބޯޅައެއް އެކަނި ހިފައިގެން އަރާ ގޯލަށް ޖަހަން އުޅުމުގެ ތެރޭގައި އިންޑިއާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކީޕަރަށް

އިންޑިއާ އަށް ލިބުނު ހިލޭ ޖެހުމެއް ސުނިލް ޗެތުރީ ފޮނުވާލުމުން ރާއްޖޭގެ ވޯލުގައި ޖެހިފައި ކުޅުމުގެ ތެރެއަށް

އަޝްފާގު ނެގި ކޯނަރު އިންޑިއާ ކުޅުންތެރިން ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލައިފި

އަޝްފާގު ކޯނަރު ނަގަނީ

ރާއްޖެ އަށް ކޯނަރެއް

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ އިރު ދެ ޓީމު މިހާތަނަށް ވަނީ ސަރަހައްދީ ފުޓުބޯޅަ މުބާރާތުގައި 14 ފަހަރު ބައްދަލުކޮށްފައި. އޭގެ ތެރޭން ރާއްޖެ އިން ތިން ފަހަރު މޮޅުވިއިރު ދެ މެޗު ވަނީ އެއްވަރުވެފައި.

އިންޑިއާ މިހާތަނަށް ވަނީ ސާފް ޗެމްޕިއަންޝިޕް ހަތް ފަހަރު ހޯދާފައި. ރާއްޖެ އަށް މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ ދެ ފަހަރު. އެ ދެފަހަރު ވެސް ތަށި އުފުލާލާފައި ވަނީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު. އޭގެ ކުރިން މުބާރާތުގެ ފަސް ސެމީ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ވަނީ ބަލިވެފައި. މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވި ތިން ފަހަރުގެ ތެރޭން ދެ ބަލިވީ އިންޑިއާ އަތުން. އަނެއް ބައްޔަކީ 2003 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝްއާ ކުޅެ ޕެނަލްޓީ ޖަހައިގެންވީ ބަލި. އެއީ މުބާރާތުގެ ފައިނަލުގައި އިންޑިއާ ނުކުޅޭ ހަމައެކަނި ފަހަރު. އިންޑިއާ ވަނީ މުބާރާތުގެ ފައިނަލުގައި ހަތް ފަހަރު ކުޅެ ތިން ފަހަރު ބަލިވެފައި.

ރާއްޖެ އާއި އިންޑިއާ ދިވެހި ގައުމީ ފުޓްބޯޅަ ދަނޑުގައި މީގެ ކުރިން ކުޅުނީ ދެ ފަހަރު. އެންމެ ފުރަތަމަ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގައި ރާއްޖެއިން އިންޑިއާ ބަލިކުރި. އޭގެ ފަހުން 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ރާއްޖެ ބަލިވި. މިރޭގެ މެޗަކީ މާލޭގައި މި ދެ ޓީމު ކުޅޭ ތިން ވަނަ ފަހަރު. މިރޭގެ މެޗުން މޮޅުވެގެން ރާއްޖެ އަށް ފައިނަލަށް ދެވޭނެ.