މާލޭގައި މިއުޒިކް ޝޯ ބާއްވަން ކައުންސިލުން އިސް ނެގުމަށް ފަހު، ހޫނުވުމުން އެ ކަމާ ހަވާލެއް ނުވި
މާލޭގައި މިއުޒިކް ޝޯ ބާއްވަން ކައުންސިލުން އިސް ނެގުމަށް ފަހު، ހޫނުވުމުން އެ ކަމާ ހަވާލެއް ނުވި

އިންޑިއާއާ ދެކޮޅަށް މިރޭ ރާއްޖެ ކުޅޭ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ މާލޭގައި މިއުޒިކް ޝޯތަކެއް ބާއްވަން ސިޓީ ކައުންސިލުން އިސް ނަގައިގެން ނިންމާފައިވާ ކަމަށް އިއުލާނު ކުރުމަށް ފަހު، އެ މައްސަލަ ހޫނުވުމުން އެ ކަމާ ގުޅޭ ޓުވީޓު އެ ކައުންސިލުން ޑިލީޓް ކޮށްލައިފި އެވެ.

މާލޭގައި މިއުޒިކް ޝޯ ބާއްވަން ކައުންސިލުން އިސް ނެގުމަށް ފަހު، ހޫނުވުމުން އެ ކަމާ ހަވާލެއް ނުވި
މާލޭގައި މިއުޒިކް ޝޯ ބާއްވަން ކައުންސިލުން އިސް ނެގުމަށް ފަހު، ހޫނުވުމުން އެ ކަމާ ހަވާލެއް ނުވި

މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން ޔޫތު މިނިސްޓްރީ، އެފްއޭއެމް، އުރީދޫ އަދި މީޑިއާ ނެޓާ ގުޅިގެން ސާފްޗެމްޕިއަންޝިޕް މެޗު ބެލުމުގެ އިތުރުން ކާނިވާ ސަރަހައްދުގައި މިއަދު ހަވީރުން ފެށިގެން މިއުޒިކް ޝޯއެއް ބާއްވަން ނިންމާފައިވާ ބުނެ ކައުންސިލުން އިއްޔެ ހަވީރު ޓުވީޓްކުރި އެވެ.

އެ ޓުވީޓް ޑިލީޓް ކުރީ މިއުޒިކް ޝޯ ބާއްވާތީ ބައެއް އިލްމުވެރިންގެ ފާޑުކިޔުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް އަމާޒުވުމުންނެވެ.

ސިޓީ ކައުންސިލްގެ ޓުވީޓް ޑިލީޓް ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށެވެ. އަދި ކައުންސިލުން އިސް ނެގީ ދަނޑަށް ނުވަދެވޭ މީހުން އެއް ތަނެއްގައި ތިބެގެން މެޗު ބެލޭނެ އިންތިޒާމުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ޓުވީޓް ޑިލީޓް ކޮށްލީ ކީއްވެތޯ މުއިއްޒަށް މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

ރާއްޖެ އާއި އިންޑިޔާ ވާދަ ކުރާ މެޗު އޮތީ މިރޭ 9:00 ގަ އެވެ.