ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން މިއަދު ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ހޯދަނީ ނ. ހޮޅުދޫ، އަބްދުﷲ ރަޖީހު، 27، އެވެ.

ފުލުހުން ބުނީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހާޒިރުކުރަނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށެވެ.

އޭނާ ހޯދަން ފުލުހުން އާންމުކޮށްފައި މި ވަނީ އޭނާގެ އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުންނެވެ.

އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 އަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އޭނާ އަށް ވަނީ އަންގައިފަ އެވެ. މީގެ ކުރިން ފުލުހުން އާންމުކޮށް ހޯދަން އިއުލާންކުރަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން މީހުންނެވެ.