ސެކިއުރިޓީ ދިނުމުގައި ލަފާ ހޯދަން އެމެރިކާގެ ކޮންސަލްޓެންޓަކު ގެނެސްފި
ސެކިއުރިޓީ ދިނުމުގައި ލަފާ ހޯދަން އެމެރިކާގެ ކޮންސަލްޓެންޓަކު ގެނެސްފި

ވީއައިޕީ ބޭފުޅުންނަށް ރާއްޖޭގައި ދޭ ސެކިއުރިޓީގެ ކަންކަން ވިލަރެސް ކުރުމަށް އެމެރިކާގެ ސެކިއުރިޓީ ކޮންސަލްޓެންޓަކު ގެނެސްފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ވީއައިޕީއިންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ހޯދުމަށް ގެނެސްފައި ވަނީ ސެކިއުރިޓީ ކޮންސަލްޓަންޓް ޝީމަސް މިއުލާ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވަނީ އޭނާއާ ބައްދަލުކުރައްވައިފަ އެވެ.

ދައުލަތުގެ އިސްވެރިންނަށް ސެކިއުރިޓީ ދެނީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިންނެވެ.

ރާއްޖެއަށް ސެކިއުރިޓީ ކޮންސަލްޓެންޓަކު ގެނެސްފައި ވަނީ، މި އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީއާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. ހާއްސަކޮށް، އެ މަނިކުފާނަކީ ތްރެޓް ލެވެލް ހައި ބޭފުޅެއްކަން އެނގެން އޮއްވައި އެކަމާ އެއްވަރަށް ސެކިއުރިޓީ ނުދޭ ކަމަށް ބުނެފައިވެ އެވެެ.

ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ނަޝީދު ވެސް ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. އެ މަނިކުފާނުގެ ސެކިރިޓީއަށް މިހާރު ހާއްސަ އިސްކަމެއް ދެ އެވެ.