ހަލަބުގެ ހަތް އަހަރުގެ އަންހެން ކުއްޖާ ޓްވިޓާ އިން ގެއްލިއްޖެ
ހަލަބުގެ ހަތް އަހަރުގެ އަންހެން ކުއްޖާ ޓްވިޓާ އިން ގެއްލިއްޖެ

ދިމިޝްގު (ޑިސެމްބަރު 5) - ސީރިއާގެ ހަލަބް ސިޓީ އަށް އަޅަމުންދާ ބޮންތަކާ ބެހޭ މައުލޫމާތު ޓްވިޓާ މެދުވެރިކޮށް މުޅި ދުނިޔެ އަށް ހާމަކުރުމުގައި ސަމާލުކަން އަތުލާފައިވާ ހަތް އަހަރުގެ ބަނާ އަލަބަދު ޓްވިޓާ އިން އިއްޔެ ގެއްލިއްޖެ އެވެ.

ހަލަބުގެ ހަތް އަހަރުގެ އަންހެން ކުއްޖާ ޓްވިޓާ އިން ގެއްލިއްޖެ
ހަލަބުގެ ހަތް އަހަރުގެ އަންހެން ކުއްޖާ ޓްވިޓާ އިން ގެއްލިއްޖެ

ބަނާ އެންމެ ފަހުން ޓްވިޓާ އިން ފޮނުވި މެސެޖުގައި ވަނީ ނުރައްކާތެރި ކަމެއްވާން އުޅޭ ކަމުގެ އިންޒާރެއް ދީފަ އެވެ؛ ސިފައިން އައިސް އެ މީހުން ހިފަނީ ކަމަށް ބަނާ ބުނެފައިވެ އެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ. ބަނާގެ އެކައުންޓް މިހާރު ޑިލީޓްކޮށްލާފައިވާ ކަމަށްވެ އެވެ.

ހަލަބުގެ ހަތް އަހަރުގެ އަންހެން ކުއްޖާ ޓްވިޓާ އިން ގެއްލިއްޖެ
ހަލަބުގެ ހަތް އަހަރުގެ އަންހެން ކުއްޖާ ޓްވިޓާ އިން ގެއްލިއްޖެ

ޓްވިޓާ އިން ބަނާ ފޮލޯކުރާ ލައްކައެއްހާ މީހުންނަށް އެ ކުއްޖާ ވަނީ ދިރިއުޅެން ޖެހޭ ބިރުވެރި ހާލަތު ސިފަކޮށްދީފަ އެވެ. ނޮވެމްބަރު 28 ވަނަ ދުވަހު ކުރި މެސެޖުގައި ވަނީ އެ މީހުން ދިރިއުޅޭ ގެ އަށް ބޮން އަޅައިފި ކަމަށާއި ނިދަން ޖެހޭނީ މަގުމަތީގައި ކަމަށް ބުނެފަ އެވެ. އަދި މަރުވަމުންދާ މީހުން އޭނާގެ ލޮލަށް ފެންނަމުންދާ ކަމަށް ބުނެފައިވެ އެވެ. ހަމަ އެ ދުވަހު އެ ކުއްޖާ ވަނީ ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، މަރާއި ދިރިހުރުމާ ދެމެދު، އެ މީހުންގެ ރައްކާތެރި ކަމަށް ދުއާ ކޮށްދިނުމަށް އެދިފަ އެވެ. އެ ކުއްޖާގެ މަންމަ ވެސް ފަހުން ވަނީ ސީއެންއެން އަށް ވާހަކަ ދައްކައިފަ އެވެ. ބޮމުގެ ހަމަލާގައި ގެ ސުންނާފަތިކޮށްލާފައިވާ ކަމަށް މަންމަ ވެސް ވަނީ ބުނެފަ އެވެ. އެކަމަކު އާދިއްތަ ދުވަހާ ހަމައަށް ބަނާގެ ޓްވިޓާ އެކްޓިވް އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ބަނާ އަށް ޓްވިޓާ އެކައުންޓެއް ހަދައިދިނީ އޭނާގެ މަންމަ އެވެ. ބަނާ ވަނީ ކެމެރާގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކާ ދުނިޔޭގެ އެހީއަށް އެދިފަ އެވެ.

ބަނާގެ އާއިލާ ދިރިއުޅެނީ ހަލަބުގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުގަ އެވެ. އޭނާގެ ޓްވީޓްތަކުގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިންގެ ލޮލުގައި ވެސް ވަނީ އަޅައިގެންފަ އެވެ. ޖޭ.ކޭ ރޯލިން މިދިޔަ މަހު ވަނީ ހެރީ ޕޮޓާގެ އީބުކް ސީރީޒް ބަނާ އަށް ފޮނުވައިފަ އެވެ. ބަނާ ބުނެފައި ވަނީ ހަނގުރާމައިގެ މަތިން ހަނދާން ނައްތާލަން ފޮތް ކިޔަން ބޭނުންވާ ކަމަށެވެ.

ހަލަބުގެ އިރުމަތީގެ ހަނގުރާމަ ހޫނުވެ ސަރުކާރު ސިފައިން މިހާރު ވަނީ އެ ސަރަހައްދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ހިފައިފަ އެވެ.