ޓޫރިޒަމްގެ ރަން އަހަރަށް ޑިޓިއުންގެ "ނަލަ ނަލަ ރާއްޖެ"
ޓޫރިޒަމްގެ ރަން އަހަރަށް ޑިޓިއުންގެ "ނަލަ ނަލަ ރާއްޖެ"

ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލާ ގުޅިގެން، މަޝްހޫރު ދިވެހި ބޭންޑް "ޑިޓިއުން" އިން ރާއްޖޭގެ ވާހަކަތައް ކިޔައިދޭ ލަވައެއް ނެރެފި އެވެ.

ޓޫރިޒަމްގެ ރަން އަހަރަށް ޑިޓިއުންގެ "ނަލަ ނަލަ ރާއްޖެ"
ޓޫރިޒަމްގެ ރަން އަހަރަށް ޑިޓިއުންގެ "ނަލަ ނަލަ ރާއްޖެ"

އިނގިރޭސި ބަހުން ކިޔާފައިވާ މި ލަވައަށް ކިޔަނީ "ނަލަ ނަލަ ރާއްޖެ" އެވެ.

ޓޫރިޒަމްގެ ރަން އަހަރަށް ޑިޓިއުންގެ "ނަލަ ނަލަ ރާއްޖެ"
ޓޫރިޒަމްގެ ރަން އަހަރަށް ޑިޓިއުންގެ "ނަލަ ނަލަ ރާއްޖެ"

ރާއްޖޭގެ އިގުތިސާދު އެކަމަކަށް ބިނާވެފައިވާ ސިނާއަތަށް 50 އަހަރު ފުރޭއިރު މިހާރު އޮތް ހިސާބަށް އަންނަން ހުރަސްކުރި ބުރަތައް މި ލަވާގައި ކިޔައިދެ އެވެ. މީގެ އިތުރުން ރާއްޖޭގެ ރީތިކަން ވެސް ސިފަކޮށްދީފައިވެ އެވެ.

"މި ލަވައިގައި ކިޔައިދީފައި އޮންނާނީ ރާއްޖޭގެ ރީތިކަމުގެ ވާހަކަ. ކިހާ މެޖިކަލް ތަނެއްކަން،" ޑިޓިއުންގެ ލަވަކިޔުންތެރިޔާ ފާތިމަތު ފެޒްލީން (ފެޒޫ) ބުންޏެވެ.

ފެޒޫ ބުނީ، ފަސް މެމްބަރުންގެ ބޭންޑުން، އަމިއްލަ ރާގުގެ މި ލަވަ ތައްޔާރުކުރުމުގެ މަސައްކަތް ފެއްޓީ ޓޫރިޒަމް މިނިސްޓްރީން އެކަމަށް ބިޑް ހުޅުވާލި ހިސާބުން ކަމަށެވެ. އެ ބިޑް ކާމިޔާބުކުރީ އެ ބޭންޑުންނެވެ.

"ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ މަސައްކަތުން ލަވައިގެ މަސައްކަތް ނިންމާލީ،" ފެޒޫ ބުންޏެވެ.

މި ލަވައިގެ އޯޑިއޯ މިހާރު ރިލީޒްކޮށްފައިވާއިރު، ވަރަށް އަވަހަށް ވީޑިއޯ ވެސް ނެރޭނެ އެވެ. މިނިސްޓްރީއާ ގުޅިގެން ވީޑިއޯ ހެދުމުގެ މަސައްކަތް އެ ބޭންޑުން މިހާރު އަންނަނީ ކުރަމުންނެވެ.

އަބަދުވެސް ތަފާތު ސްޓައިލްގެ މިއުޒިކް ނެރުމުން އަންނަ ޑިޓިއުން ބޭންޑުން ވަނީ މީގެ ކުރިން ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ. އެ ބޭންޑުން ވަނީ ތިން ފަހަރެއްގެ މަތިން ޓޫރިޒަމް ޕްރޮމޯޓްކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު ފެއާ ކަމަށްވާ އައިޓީބީ ފެއާގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ.