ކްރޮސްރޯޑްސް ސްޓްރީޓް މާކެޓް: ކުދި ވިޔަފާރިތަކަށް ބޮޑު ފުރުސަތެއް
ކްރޮސްރޯޑްސް ސްޓްރީޓް މާކެޓް: ކުދި ވިޔަފާރިތަކަށް ބޮޑު ފުރުސަތެއް

މީގެ ދެ އަހަރު ކުރިން ހުޅުވި ކްރޮސްރޯޑްސް މޯލްޑިވްސް އަކީ ދިވެހިންނާއި ބިދޭސީން އަދި ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލުވެފައިވާ ތަނެކެވެ. ކްރޮސްރޯޑްސް މެރީނާގައި އިންޓަނޭޝަނަލް ބްރޭންޑުތަކާއި ދިވެހި އަމިއްލަ އުފެއްދުންތައް ލިބެން ހުންނައިރު އިތުރު ވިޔަފާރިތަކަށް ވެސް އެތަނުގައި އަމިއްލަ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކްރޮސްރޯޑްސް ސްޓްރީޓް މާކެޓް: ކުދި ވިޔަފާރިތަކަށް ބޮޑު ފުރުސަތެއް
ކްރޮސްރޯޑްސް ސްޓްރީޓް މާކެޓް: ކުދި ވިޔަފާރިތަކަށް ބޮޑު ފުރުސަތެއް

ކޮންމެ މަހަކު އެއްފަހަރު ކްރޮސްރޯޑްސް މެރީނާގައި ބާއްވާ "ސްޓްރީޓް މާކެޓް" މި މަހުގައި ވެސް ވަނީ ބާއްވައިފަ އެވެ. މި މާކެޓުގައި މެރީނާގައި މިހާރު ވެސް ހުންނަ ބޭރުގެ ބްރޭންޑުތަކާއި ދިވެހި ފިހާރަތަކުގެ އުފެއްދުންތަކުގެ އިތުރުން އޮންލައިން ޕޭޖުތަކުގައި އަމިއްލަ އުފެއްދުންތައް ވިއްކާ ދިވެހިން ވެސް ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި "ޓީޒް" އާއި "އެންދެރި އާޓިޝަން" އާއި "ރާދަފަތި" އާއި ކަޅު އޮޑި" އާއި "އައިލެންޑް ބާޒާރު" އާއި "ރަނުވިއަ" އަދި "ތަކެތި" ހިމެނެ އެވެ.

ކްރޮސްރޯޑްސް ސްޓްރީޓް މާކެޓް: ކުދި ވިޔަފާރިތަކަށް ބޮޑު ފުރުސަތެއް
ކްރޮސްރޯޑްސް ސްޓްރީޓް މާކެޓް: ކުދި ވިޔަފާރިތަކަށް ބޮޑު ފުރުސަތެއް

ސްޓްރީޓް މާކެޓުގައި ބައިވެރިވި ހުރިހާ ވިޔަފާރިއަކުން ވެސް އެ މާކެޓު ސިފަކުރަނީ ކުދި ވިޔަފާރިތަކަށް އޮތް ރަނުގެ ފުރުސަތެއް ގޮތުގަ އެވެ. މިއީ ކުދި ވިޔަފާރިތަކުގެ އަމިއްލަ އުފެއްދުންތައް ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރުވާނެ ފުރުސަތެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ. މިއީ މީގެ ތެރެއިން ގިނަ ވިޔަފާރިތަކުން މި މާކެޓުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އަމިއްލަ ޑިޒައިނުގެ ގަހަނާ އާއި ފޯނު ކަވަރު ވިއްކާ "ރަނުވިއަ" ޕޭޖު ހިންގާ ފާތިމަތު ޝަފްރާ އަބްދުﷲ ބުނީ އޭނާ ބޭނުންވީ ޓޫރިސްޓުންނަށް ރަނުވިއަގެ އުފެއްދުންތައް ދައްކާލަން ކަމަށެވެ. ސްޓްރީޓް މާކެޓުގައި ބައިވެރިވުމުން ގިނަ ބަޔަކަށް އޭނާގެ އުފެއްދުންތައް ދައްކާލެވުނު ކަމަށާއި ކުރިއަށް އޮތް މާކެޓުތަކުގައި ވެސް ބައިވެރިވާނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބޭނުންވީ އެކްސްޕޯޝާ، އެކަން ކުރެވުނު. ސޭލްސް ވެސް ވަރަށް ރަނގަޅު. އަޅުގަނޑު ބުނާނީ މިއީ އަމިއްލަ ކުދި ވިޔަފާރިތަކަށް އޮތް ވަރަށް ރަނގަޅު ފުރުސަތެކޭ،" ޝަފްރާ ބުންޏެވެ.

ކްރޮސްރޯޑްސް މެރީނާ އަކީ ހާޑްރޮކް ހޮޓެލް މޯލްޑިވްސް އާއި ސާއި ލެގޫން މޯލްޑިވްސްއާ ގުޅިފައި އޮންނަ ތަނެއް ކަމަށް ވާތީ އެ ދެ ރިސޯޓުގައި ތިބޭ ޓޫރިސްޓުން ވެސް މި ސްޓްރީޓް މާކެޓަށް ޒިޔާރަތް ކުރެ އެވެ. އަދި މާލެ، ހުޅުމާލެ އަދި ހުޅުލެއިން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުންނާއި ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވެސް މެރީނާއަށް ދެ އެވެ.

"ތަކެތި" ޕޭޖު ހިންގާ އައިމިނަތު ޝަރީހާން ބުނީ އޭނާ ބައިވެރިވި އެހެން މާކެޓުތަކާ އަޅާބަލާއިރު ކްރޮސްރޯޑްސްގެ ސްޓްރީޓް މާކެޓުގައި ތަރުހީބު ރަނގަޅުވުމުން ކަމަށެވެ. އަދި ކުރިއަށް އޮތް މާކެޓުތަކުގައި ވެސް ބައިވެރިވާން ވިސްނާފައިވާ ކަމަށް ބުންޏެވެ.

"ރިސޯޓުތައް ހުރި ތަނެއްގައި އަޅުގަނޑުގެ އުފެއްދުންތައް ޑިސްޕްލޭ ކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް މިއީ،" ޝަރީހާން ކިޔައިދިނެވެ.

ސްޓްރީޓް މާކެޓުގައި ބައިވެރިވާން ބޭނުންވާ ކުދި ވިޔަފާރިތަކަށް އެ ފުރުސަތު ކްރޮސްރޯޑްސް އިން ދެ އެވެ. ނަމަވެސް މި މާކެޓުގައި ބައިވެރިވެވޭނީ އަމިއްލަ، ތަފާތު އުފެއްދުންތައް ވިއްކާ ވިޔަފާރިތަކަށެވެ. މި މަހު ބޭއްވި ސްޓްރީޓް މާކެޓުގައި ވެސް ދިވެހިންގެ ތަފާތު އުފެއްދުންތައް ހުއްޓެވެ.

ސްޓްރީޓް މާކެޓުގައި ވިޔަފާރިތަކުގެ ސްޓޭންޑުތަކުގެ އިތުރުން ކާބޯތަކެތި ލިބޭ ސްޓޭންޑުތައް ވެސް ހުރެ އެވެ. މީގެ ތެތޭގައި "މޫވެން ޕިކް" އާއި "މިނިސްޓްރީ އޮފް ކްރެބް" އާއި "ނިހޯމްބަޝީ"ގެ ސްޓޭންޑު ހިމެނެ އެވެ. އަދި މިއުޒިކީ ހަރަކާތްތަކާއި ކައްކާއިންގެ ހުނަރު ވެސް މި ސްޓްރީޓް މާކެޓުގައި ބަލައިލެވޭނެ އެވެ.