ސާފް ޗެމްޕިއަންޝިޕް: ރާއްޖެ 1 - ލަންކާ 0
ސާފް ޗެމްޕިއަންޝިޕް: ރާއްޖެ 1 - ލަންކާ 0

މެޗުގެ ކުޅުން ނިމިއްޖެ

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ 1 - ލަންކާ 0
ސާފް ޗެމްޕިއަންޝިޕް: ރާއްޖެ 1 - ލަންކާ 0

ނަމަވެސް ރާއިފް މުޅިން ހުހަށް އޮތް ގޯލަށް ފޮނުވާލި ބޯޅަ ގޯޅު ދަނޑި މަތިން ބޭރަށް

ލަންކާގެ ގޯލު އޭރިޔާ ތެރޭން ރާއީފަށް ކީޕަރު ގައިން ނައްޓާފައި ގޯލަށް ފޮނުވާލަން ލިބުނު ބޯޅައެއް.

މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ތިން މިނިޓް ދައްކައިފި

ރާއްޖޭގެ ހައިސަމް އާއި ލަންކާގެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކައިފި

ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފި

ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ވޯލުގެ މަތިން ގޮސް އަރިމަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް

ރާއްޖޭގެ ހާފުގެ ތެރޭން ދާދު ދެ ކުޅުންތެރިން ނައްޓާފައި ސެންޓޭ އަށް ދިން ބޯޅައެއް އެކަނި އަރައި ގޯލަށް ޖަހަން އުޅެނިކޮށް ލަންކާ ކުޅުންތެރިން ފައުލްކޮށްގެން ރާއްޖެ އަށް ހިލޭ ޖެހުމެއް

މެޗުގެ ފަހު ފަސް މިނިޓް ތެރޭ ލަންކާ ޓީމުން ދަނީ ރާއްޖޭގެ ހާފުގައި ކުޅެ ހަމަލާތައް އުފައްދަމުން

ރާއްޖޭގެ މިޑްފީލްޑުން އެކަށީގެންވާ ބޯޅަތައް ނުދެވޭތީ ލަންކާ އިން ދަނީ މިހާރު މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުން.

ރާއްޖޭން މި ދެ ބަދަލު ގެނައުމުގެ ކުރިން ލަންކާ އިން ވަނީ ރާއްޖޭގެ ހާފުގެ ތެރޭގައި ގިނައިރު ކުޅެ ހަމަލާތައް އުފައްދާފައި.

ހަމްޕުގެ ބަދަލުގައި ކުޅެން އެރުވީ ހަސަން ރާއިފް

ހަމްޕު ވެސް ބަދަލުކޮށްފި.

ދަގަނޑޭގެ ބަދަލުގައި ކުޅެން އެރުވީ އަސަދުﷲ

ރާއްޖޭން އަޝްފާގު ބަދަލުކޮށްފި

ލަންކާ ކުޅުންތެރިން ރާއްޖޭގެ ގޯލު އޭރިޔާ ތެރެއަށް ވަދެ މުޅިން ހުހަށް ފޮނުވާލި ބޯޅަ ގޯލު ދަނޑި މަތިން ބޭރަށް.

ސެންޓޭ ފޮނުވާލި ބޯޅަ ގޯލު ކުރިމަތިން ގޮސް ބޭރަށް

ހިލޭ ޖެހުން ފޮނުވާލަނީ ސެންޓޭ

އަޝްފާގަށް ފައުލުން ކުރުމުން ލަންކާ ޕެނަލްޓީ އޭރިއާ ބޭރުން ރާއްޖެ އަށް ހިލޭ ޖެހުމެއް

ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން އެރުވީ ނާއިޒް ހަސަން (ދާދު)

ރާއްޖެ އިން ބަދަލެއް ގެނެސް

ރާއްޖޭގެ ކުޅުންތެރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރު ދިފާއު ކުރި ވަގުތު ފޭދޫ އިއްބެ އަށް މުޅިން ހުސްކޮށް. އިއްބެ ފޮނުވާލި ބޯޅަ ގޯލުން ބޭރަށް

ހަމްޒާ އަރިމަތިން ވަރަށް ބާރަށް ފޮނުވާލި ޝޮޓެއް ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް

ދެ ވަނަ ހާފުގެ ކުޅުން ފަށައިފި

ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ

އަލީ ފާސިރު (ސެންޓޭ) އަރި މަތިން މުޅިން ހުރެ ގޯލަށް ޖެހި ބޯޅަ ލަންކާ ކީޕަރުގެ ގައިގައި ޖެހިފައި ކުޅުމުގެ ތެރެއަށް

ހަމްޒާ އަރިމަތިން އަރާ ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ގޯޅަ އަށް ކީޕަރު ސުޖަން އަރާ ދިފާއުކޮށްފި

ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނިޓް ދައްކައިފި

އަޝްފާގު ގޯލު އޭރިޔާ ތެރެއަށް ވަދެ އަރިމަތިން ސެންޓޭ އަށް ދިން ބޯޅަ ގޯލަށް ފޮނުވާލުމުން ލަންކާ ކުޅުންތެރިން ދިފާއުކޮށްފި

ފޭދޫ އިއްބެ އަށް ކުރި ފައުލަކާ ގުޅިގެން ލަންކާ ކުޅުންތެރިއަކަށް ރީނދޫ ކާޑު

ކޯނަރުން ނެގި ބޯޅަ ލަންކާ ކުޅުންތެރިން ޖެހުމުން ގޯލު މަތިން ބޭރަށް

ލަންކާ އަށް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު ކޯނަރަކަށް ބޭރުކޮށްލައިފި

ފައިސަލްގެ ބަދަލުގައި މުހައްމަދު ޝަފީއު (ޗެކް) ކުޅެން އަރުވައިފި

އަށިގަނޑުގައި ފައިސަލް ދަނޑުން ބާލައިފި

ކީޕަރު ފައިސަލް ވަނީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި

ބެލެވޭ ގޮތުގައި ފައިސަލް އަށް ލިބިފައި ވަނީ ސީރިއަސް އަނިޔާއެއް.

ރާއްޖޭގެ ކީޕަރު ފައިސަލް އަށް އަނިޔާވެގެން މިހާރު ފަރުވާދެނީ

ފޭދޫ އިއްބެ އަރިމަތިން އަރައި ސެންޓޭ އަށް މުޅިން ހުސްކޮށްލި ބޯޅަ ލަންކާ ކުޅުންތެރިން ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފި

އަރިމަތިން ސެންޓޭ ލަންކާ ދެ ކުޅުންތެރިން ކައިރިން ނައްޓާލައިފައި ވަރަށް ބާރަށް ގޯލަށް ފޮނުވާލި ބޯޅަ މަތީ ދަނޑީގައި ޖެހިފައި ބޭރަށް

ލަންކާ ޕެނަލްޓީ އޭރިޔާ ތެރޭން ހައިޝަމް ނެގި ހިލޭ ޖެހުން އަޝްފާގު ބޮލުން ޖަހާ ލަންކާ ގޯލުގެ ތެރެއަށް

ރާއްޖެ ލަނޑު ޖަހައިފި. މި ލަނޑު ޖެހީ އަޝްފާގު

ލަންކާ އަށް ލިބުނު ހިލޭ ޖެހުމަކުން ބޮލުން ޖަހާ ގޯލަށް ބޯޅަ ވައްދާލައިފި. އެކަމަކު ގޯލަށް ބޯޅަ ފޮނުވާލި އިރު ލަންކާ ކުޅުންތެރިޔާ އޮފްސައިޑް

މެޗު ފަށައިފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗަށް މަރުހަބާ

ރާއްޖެ އަތުން ސްރީ ލަންކާ އަށް އެންމެ ފަހުން މޮޅެއް ހޯދުނީ މީގެ 19 އަހަރު ކުރިން. އެއީ 2002 ވަނަ އަހަރު ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުން. މެޗުން ރާއްޖެ ބަލިވީ، މެޗުގެ ދެވަނަ ހާފުގައި ލަންކާގެ ފުޓުބޯޅަ ލެޖެންޑް ކަސުން ޖަޔަސޫރިޔާ ޖެހި ހަމައެކަނި ލަނޑުން.