10 އޮކްޓޯބަރ 2021 - 14:59

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗު ބަލަން އުރީދު އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން އަލިމަސް ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނެއް ބަހައްޓައިފި އެވެ.
އެ ދެ އޮފީސް ގުޅިގެން ބޮޑް ސްކްރީނެއް ބެހެއްޓީ ގިނަ ބަޔަކަށް ޓިކެޓް ނުލިބި އެ ޝަކުވާ ބޮޑުވެފައިވާ ވަގުތެއްގަ އެވެ. އުރީދު އަކީ މި މުބާރާތުގެ މެއިން ސްޕޮންސަރު ވެސް މެ އެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅޭ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ. މެޗަށް ނުކުންނަ އިރު ރާއްޖެ ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ލަންކާ އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގަ އެވެ.
މިއަދުގެ މެޗުން މޮޅުވެގެން، އެއްވަނައިގައި އޮތް ނޭޕާލާ ޕޮއިންޓްގެ ގޮތުން ރާއްޖެ އަށް ހަމަހަމަ ކުރެވޭނެ އެވެ.