ހަތަރު ގަޑިއިރުތެރޭ 1,000 ޓިކެޓް ވިކި ހުސްވެއްޖެ
ހަތަރު ގަޑިއިރުތެރޭ 1,000 ޓިކެޓް ވިކި ހުސްވެއްޖެ

މިއަދު މެންުރު ގއުމީ ފުޓްބޯޅަ ދަނޑުގައި ޓިކެޓް ވިއްކަމުން ދަނިކޮށް ޓިކެޓް ހުސްވުމުން ގިނަ ބަޔަކު ކުރި ޕްރެޝަރާއެކު އިތުރު 1000 ޓިކެޓް އާންމުންނަށް މިރޭ ވިއްކަން ފެށިތާ ހަތަރު ގަޑިއިރު ތެރޭ އެ ހުރިހާ ޓިކެޓް ވިކި ހުސްވެއްޖެ އެވެ.

ހަތަރު ގަޑިއިރުތެރޭ 1,000 ޓިކެޓް ވިކި ހުސްވެއްޖެ
ހަތަރު ގަޑިއިރުތެރޭ 1,000 ޓިކެޓް ވިކި ހުސްވެއްޖެ

ސާފް ޗެމްޕިއަންޝިޕަށް ޓިކެޓް ވިއްކަން އެފްއޭއެމުން ނެރުނު އުސޫލުގައި ބުަނަނީ މީހަކަށް ވިއްކާނީ ގިނަ ވެގެން ފަސް ޓިކެޓް ކަމަށެވެ. މިރޭ ސޯޝަލް ސެންޓަރުގައި ވިއްކި 1000 ޓިކެޓް ވިއްކީ މީހަކަށް އެއް ޓިކެޓްގެ މަގުންނެވެ.

ހަތަރު ގަޑިއިރުތެރޭ 1,000 ޓިކެޓް ވިކި ހުސްވެއްޖެ
ހަތަރު ގަޑިއިރުތެރޭ 1,000 ޓިކެޓް ވިކި ހުސްވެއްޖެ

ޓިކެޓް ވިއްކަން 8 ޖެހިއިރު ފެށިގޮތަށް ޓިކެޓް ވިއްކައި ނިމުނީ މިރޭ ދަންވަރު 12.30 ގަ އެވެ. އެންމެ ފަހު 15 ޓިކެޓަށް އަދަދު ތިރިވުމުމުން ކިޔުގައި ތިބި މީހުންގެ ތެރެއިން އެންމެ ކުރީގައި ތިބި 15 މީހުން ގޭޓް އެތެރެއަށް ވެއްދި އެވެ. ސަލާމަތީކަންކަން ބަލަހައްޓަން ތިބި ފުލުހުން ވަނީ އޭގެ ފަހުން ގޭޓް ދޮރުލައްޕައި ބަންދުކޮށްފަ އެވެ.

ޓިކެޓް ނުލިބި 21 މީހުން ކިޔުގައި ތިއްބެވެ. ޓިކެޓް ނުލިބުމުން ބާކީ ތިބި މީހުން ވަނީ ސޯޝަލްއިން ނުކުމެގެން ގޮސްފަ އެވެ. އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި މިރޭ ވިއްކި 1000 ޓިކެޓަކީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަ ކުރި 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް ވިއްކަން ނިންމި 1،000 ޓިކެޓް ކަމަށެވެ. އެފްއޭއެމުން ބުނީ 1،000 ޓިކެޓް ވިއްކަން ނިންމީ ރާއްޖެ މެޗު ބަލަން ދަނޑަށް ވަންނަން ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ހެނދުނުން ފެށިގެން ގަލޮޅު ދަނޑު ކައިރީ ގިނަ ބަޔަކު ކިއޫގައި ތިބި ނަމަވެސް ޓިކެޓު ހުސްވުމުން ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ޓިކެޓް ވިކި ހުސްވީ ކަމަށް ބުނެ ކައުންޓަރު ބަންދުކުރި ނަމަވެސް އެތަނަށް އެއްވި މީހުން އެކަން ގަބޫލު ނުކޮށް ދެކޮޅުވެރިކަމުގެ ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖު ވެސް ވަނީ ކޮށްފަ އެވެ.

ބައެއް މީހުން ގަދަކަމުން ދަނޑަށް ވަދެ ޓިކެޓް ކައުންޓަރުން ޓިކެޓު ވިއްކި ގޮތުގެ ވިކުރާ ރެކޯޑުތައް ވެސް ބެލި އެވެ.

ޓިކެޓް ގަންނަން ދަނޑު ކައިރިއަށް އެއްވެ، ޓިކެޓަށް ވީގޮތެއް ނުބުނަނީސް ނުދާނެ ކަމަށް ބުނެ ތިބި މީހުން ފަހުން ވަނީ މިރޭ ޓިކެޓް ވިއްކާ ވާހަކަ ބުނުމުން އެތަނުން ގޮސްފަ އެވެ.

މާދަމާގެ މެޗަށް ވެސް ވިއްކަން ހަމަޖެހިފައި ވަނީ 5،000 ޓިކެޓެވެ. ޓިކެޓު ލިބެނީ ގޮނޑިބަރިން 100ރ. އަަށް އަދި ސިޑިބަރިން 75ރ. އަށެވެ. އެކަމަކު، ގިނަ އަދަދަކަށް ޓިކެޓު ހޯދައި ބައެއް މީހުން ވަނީ އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޓިކެޓު ވިއްކައިފަ އެވެ. އަވޭ ޓީމަށް ވިއްކާނީ 200 ޓިކެޓެވެ.

ރާއްޖެ އާއި ލަންކާ މާދަމާ ކުޅޭ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.