ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

ބޭރުގެ ގައުމުތަކުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތް ހެދުމަކީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވައުދެއް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ވައުދުތަކާއި އަމާޒުތައް ދަނގެތީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިރޭ އިއުލާނު ކުރައްވައިފި އެވެ.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

އިލެކްޝަންސް ކޮމިޝަންގައި އެމްއެންޕީ ރަޖިސްޓަރީ ކުރުމުގެ ކުރިން، ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމަން ބޭއްވި ޖަލްސާގައި ނާޒިމް މިހެން ވިދާޅުވި އިރު، ރާއްޖޭގައި އެކި ސަރަހައްދުތަކުގައި އެކި ބޭނުންތަކަށް އިންޑިއާގެ ސިފައިން ތިބޭ މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

މިރޭގެ ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ސިފައިންގޭގެ އިސް ރޭންކުތައް ފުރުއްވާފައިވާ ނާޒިމް ވިދާޅުވީ، ރާއްޖޭގެ އަމިއްލަވަންތަކަން ދަމަހައްޓަން ބައިނަލްއަގްވާމީ މުޖުތަމައުގައި ފުރިހަމަ މިނިވަންކަމާ އެކު އޮވެ، ބޭރުގެ ވަކި ގައުމަކަށް ނުވަތަ ވަކި ބާރަކަށް ބޯނުލަބައި ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅޭ ހުރިހާ ގައުމަކާ ވެސް އެކުވެރި ގައުމަކަށް ހެދުމަކީ އެމްއެންޕީގެ ލަނޑުދަނޑިއެއް ކަމަށެވެ.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

"ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ބޭރުގެ ބަޔަކަށް ދޫކުރުމަށް ފާޅުގައި އަޅުގަނޑުމެން ދެކޮޅު ހަދާނަން. އެފަދަ ކަމަށް ފުރުސަތު ނުދޭނެ ހިނދު، އެއްވެސް ސަރަހައްދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުހެދެވޭ ގޮތް ހެދުމަކީ މި ޕާޓީގެ ވައުދެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

- އަދުލު އިންސާފު ގާއިމުކުރުމަށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމާއި ރައްޔިތުންގެ އިތުބާރު އޮންނަ ބަޔަކަށް ހެދުން.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

- ސަރުކާރުން ހިދުމަތް ހޯދުމަށް ރައްޔިތުން ސަލާންޖެހުން ހުއްޓުވުމަށް ހިދުމަތްތައް ޒަމާނީކުރުން. އެގޮތުން، އައިޑީ ކާޑާއި ލައިސެންސް ކާޑު އޯޓޯ-ރިނުއަލްކޮށް ލިބޭނެ ގޮތް ހެދުން.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

- ރައްޔިތުންނަށް ތަކުލީފުވާ ގޮތަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އުވައިލުން.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

- ހުރިހާ ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި އުސޫލުން ބޭރުން ފްލެޓް ދިނުމުގެ ސަގާފަތް ހުއްޓުވުން.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

- ރާއްޖޭގެ ފަސް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ހަދައި މާލެ އަށް ތޮއްޖެހުން ކުޑަކުރުން.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

- ޖީބަށް ލުއިކޮށް ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ހަމަޖެއްސުން.

ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް
ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

- ކިއުގައި ނުޖެހި ސިއްހީ ހިދުމަތް ލިބޭ އިންތިޒާމު ހަމަޖެއްސުމާއި ސިއްހީ ދާއިރާ ހަރުދަނާކުރުމާއި އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ރަނގަޅު އުޖޫރައެއް ދިނުން.

- 90 ޕަސެންޓް ނަރުހުނަކީ ދިވެހިންނަށް ހަދައި 70 ޕަސެންޓް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން ޑޮކްޓަރުންނަކީ ވެސް ދިވެހިންނަށް ހެދުން.

- ރާއްޖޭގައި ޓެކްނޮލޮޖީގެ އިންޑަސްޓްރީއެއް ހަދައި ޒުވާނުން ފުރުސަތު ގިނަކޮށްދިނުން.

- ތައުލީމު ހިދުމަތް ދޭ މީހުން ފުއްދުންތެރި ބަޔަކަށް ހެދުން.

- ދިވެހި އުފެއްދުންތަކުގެ އަގު ހިފެހެއްޓުމާއި މަސްވެރިކަމުގެ އާމްދަނީ އިތުރުކުރުން.

މިރޭގެ ޖަލްސާގައި އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެ ޕާޓީ ހިންގާނީ ޑިމޮކްރަސީގެ އެންމެ ރިވެތި އުސޫލުގެ ތެރެއިން ކަމަށާއި ތަބަކަށް ލާފައި އެއްވެސް މީހަކަށް ދޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ.

އެމްއެންޕީއަކީ "އެއް ބޭފުޅަކު ވަށައި އެނބުރޭ" ފިކުރު ދޫކޮށް، އެހެން ސިޔާސީ ޕާޓީތަކާ ހިލާފަށް ކުރިއަށް ދާނެ ޕާޓީއެއް ކަމަށާއި އެ ޕާޓީގެ އެއްވެސް މަގާމެއްގައި ފަސް އަހަރުގެ ދެ ދައުރަށް ވުރެ އިތުރަށް ނުހުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ފާސްކުރި އެ ޕާޓީގެ އާސީސީ ގަވާއިދުގައި ވެސް ވަނީ އެ މާއްދާ ހިމަނައިފަ އެވެ.

"ރާއްޖޭގައި އޮތީ މުޅިން ވެސް ކޮންމެސް މީހަކު ހިސޯރުކޮށްފައި އޮތް ޕާޓީތަކެއް. އެހެން ކަމުން އެ ޕާޓީތަކުން އިސްކުރަނީ ވަކި މީހެއްގެ މަސްލަހަތު،" އެމްއެންޕީގެ އެއް މުއައްސިސް ރިޔާޒް ވިދާޅުވި އެވެ.

"މި ޕާޓީ ކުރިއަށް ދާނީ ވަކި މީހަކަށް ނުބަލާއި ޕާޓީގެ މަސްލަހަތު އިސްކޮށްގެން."

އެމްއެންޕީން މިއަދު ވަނީ އެ ޕާޓީގެ އެގްޒެކްޓިވް ކައުންސިލަށް ވެސް މެންބަރުން އިންތިހާބުކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، އެ ޕާޓީގެ މަތި އުތުރު ރީޖަންގެ ނައިބު ރައީސް ކަމަށް ހޮވީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދި އެ ޕާޓީގެ އަންހެނުންގެ ވިންގްގެ ލީޑަރަކަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އިންތިހާބުވި އެވެ.

އެ ޕާޓީގެ ޒުވާނުންގެ ވިންގްގެ ލީޑަރުގެ އިތުރުން ކައުންސިލްގެ މެންބަރު ކަމަށް 14 ބޭފުޅަކާއި އަދި ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް ވެސް މީހުން އިންތިހާބުކޮށްފައިވެ އެވެ.

އެމްއެންޕީގެ އިންތިގާލީ ކައުންސިލަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ހަމަވިއިރު، ޕާޓީގެ ރައީސަކަށް ނާޒިމް ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލަ އެވެ. އެހެން ކަމުން، އެންއެންޕީގެ ވަގުތީ ރައީސަކަށް އޭނާ ވަނީ އޮޓޮމެޓިކުން ހޮވިވަޑައިގެންފަ އެވެ.

އެމްއެންޕީ އުފެއްދުމަށް ބާއްވަމުން އަންނަ ބައްދަލުވުމުގައި މިއަދު ވަނީ އެ ޕާޓީގެ ދިދަ އާއި ނިޝާނާއި ޕާޓީގެ އަސާސީ ގަވާއިދާއި އަދި ޕާޓީގެ އޮނިގަނޑު ވެސް ފާސްކޮށްފަ އެވެ.

ކުރިއަށް އޮތް 2023 ގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި އެ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވެސް އަންނާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

އެމްއެންޕީ އުފައްދަން އިއުލާނު ކުރިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 މީހުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިބެ އުފައްދަވާ ޕާޓީގެ އަމާޒަކީ މި އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަކުރުމެވެ.