ބޮޑު އަލިފާނުގައި ހާދިސާގައި ރޯވެ، ފަޅަށް ހުރި ގެއެއްގައި އަނެއްކާ ވެސް ރޯވެއްޖެ
ބޮޑު އަލިފާނުގައި ހާދިސާގައި ރޯވެ، ފަޅަށް ހުރި ގެއެއްގައި އަނެއްކާ ވެސް ރޯވެއްޖެ

މީގެ ދެ އަހަރު ކުރިން ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި، ބޮޑު އަލިފާނުގެ ހާދިސާ އަށް ފަހު، ފަޅަށް ހުރި ގެއެއްގައި މިއަދު އަނެއްކާ ވެސް ރޯވެއްޖެ އެވެ.

ބޮޑު އަލިފާނުގައި ހާދިސާގައި ރޯވެ، ފަޅަށް ހުރި ގެއެއްގައި އަނެއްކާ ވެސް ރޯވެއްޖެ
ބޮޑު އަލިފާނުގައި ހާދިސާގައި ރޯވެ، ފަޅަށް ހުރި ގެއެއްގައި އަނެއްކާ ވެސް ރޯވެއްޖެ

އެމްއެންޑީއެފުން ބުނީ، އެ މަގުގައި ހުންނަ ރަދުއާނިއާގޭގެ ހަތަރުވަނަ ބުރިން ދުން އަރާކަމުގެ މައުލޫމާތު ލިބިގެން މިއަދު ހަވީރު ސިފައިންގެ ފަޔާ ޓީމުން ހަރަކާތްތެރިވި ކަމަށެވެ. އެ ޓީމުން ގޮސް ބެލިއިރު އެ ގޭގައި ރޯވީ ކުނިތަކެއްގައި ކަަމަށާއި އެ އަލިފާންގަނޑު ވަގުތުން ނިއްވައިލި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ބޮޑު އަލިފާނުގައި ހާދިސާގައި ރޯވެ، ފަޅަށް ހުރި ގެއެއްގައި އަނެއްކާ ވެސް ރޯވެއްޖެ
ބޮޑު އަލިފާނުގައި ހާދިސާގައި ރޯވެ، ފަޅަށް ހުރި ގެއެއްގައި އަނެއްކާ ވެސް ރޯވެއްޖެ

"އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ،" ސިފައިންގެ ތަރުޖަމާނު ވިދާޅުވި އެވެ.

ބޮޑު އަލިފާނުގައި ހާދިސާގައި ރޯވެ، ފަޅަށް ހުރި ގެއެއްގައި އަނެއްކާ ވެސް ރޯވެއްޖެ
ބޮޑު އަލިފާނުގައި ހާދިސާގައި ރޯވެ، ފަޅަށް ހުރި ގެއެއްގައި އަނެއްކާ ވެސް ރޯވެއްޖެ

"މިހާރު" ގެ ނޫސްވެރިން އެ ސަރަހައްދަށް ގޮސް، މަންޒަރު ދުށް ބައެއް މީހުންނާ ވާހަކަ ދެއްކުމުން ބުނީ ފަޅަށް ހުންނަ އެ ގެ އަށް މަސްތުވާތަކެތި ބޭނުންކުރާ މީހުން މިހާރު ވަރަށް ގިނައިން ވަންނަ ކަމަށާއި މިއަދު އަލިފާން ރޯކުރީ ވެސް އެ މީހުން ކަމަށެވެ.

ފުލުހުން ގޮސް އެ މީހުން އެ ތަނުން ނެރެފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހަކު ބުންޏެވެ. ނަމަވެސް ފުލުހުން މި މައުލޫމާތު އަދި ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

މާލޭގައި ފަޅަށް ހުންނަ ބައެއް ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާތައް ހަދައިގެން މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކާ މައްސަލަ ބޮޑުވެފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އަދި އެ ކަހަލަ ބައެއް ތަންތަން ވަނީ ފުލުހުން ނުކުމެ ބަންދު ވެސް ކޮށްފަ އެވެ.

ބޮޑު އަލިފާނުގެ ހާދިސާ އަށް ފަހު ފަޅަށް ހުންނަ ދެ ގެއެއް އަބަދަށްފެހި މަގުގައި ހުރެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ދެ ގޭގެ އިމާރާތަކީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަންތަން ކަމަށް ވާތީ، އެ ތަންތަން ނައްތާލައިދޭނެ ކަމަށް ސަރުކާރުން އެ ގެތަކުގެ ވެރިންނަށް މީގެ އެތައް މަހެއް ކުރިން ވަނީ އަންގައިފަ އެވެ. އެކަމަކު އަދިވެސް އެ މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ސެޕްޓެމްބަރު 20، 2019 ގައި އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައިގެން ދިޔަ އެވެ. އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ ހ. ތިލަފުށީ ގޭގައި ހުންނަ ކެމިކަލް ގުދަނެއްގަ އެވެ. އެ އަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރި ގިނަ ގެތަކަކަށް އަލިފާނުގެ އަސަރުކުރި އެވެ.

މި ހާދިސާ އަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރައްވާނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެ އެވެ. އަދި މި ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ އިސްކަމެއް ދީގެން ވަނީ މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފަ އެވެ.

އެ ހާދިސާ އަށް ފަހު އެ ސަރަހައްދުން ފަޅުވި ބައެއް ގޭގެ މިހާރު ވަނީ އަލުން މަރާމާތުކޮށް ބޭނުންކުރަން ފަށައިފަ އެވެ. އަދި ދެ ގެއެއް އަދިވެސް ރޯވި ފަހުން ހުރި ގޮތަށް ހުރިއިރު، އެހެން ބައެއް ގެތަކުގެ ހުރީ ހުސް ބިމެވެ.