ދިވެހި ފުޓްބޯޅަ "އިންޓަނޭޝަނަލް" ކުރި ބައްޕަގެ ފަހަތުން ދަރިފުޅު
ދިވެހި ފުޓްބޯޅަ "އިންޓަނޭޝަނަލް" ކުރި ބައްޕަގެ ފަހަތުން ދަރިފުޅު

މުޅި ރާއްޖެ ތައްޔާރުވަމުން ދިޔައީ، ދިވެހި ފުޓުބޯޅަ އަށް ބައިގަރުނު ފުރުމުގެ މުނާސަބަތުގައި އިންތިޒާމުކުރި ރަންޔޫބީލް މުބާރާތަށެވެ. އެއީ ބޭރުގެ ޓީމުތަކަކަށް ދައުވަތު ދީގެން ރާއްޖޭގައި ބޭއްވި މުބާރާތެވެ. ރާއްޖޭގެ ފަސްގަނޑު ބައިނަލްއަގްވާމީ ފުޓުބޯޅަ އަށް ފުރަތަމަ ފަހަރަށް ހުޅުވައިލިރު ދިވެހި ފުޓުބޯޅައިގެ ވާހަކަ ބައިނަލްއަގްވާމީ މުޖުތަމައަށް ކިޔައިދޭނެ ގޮތެއް ވެސް އޮތީ ބޭނުންވެފަ އެވެ.

ދިވެހި ފުޓްބޯޅަ "އިންޓަނޭޝަނަލް" ކުރި ބައްޕަގެ ފަހަތުން ދަރިފުޅު
ދިވެހި ފުޓްބޯޅަ "އިންޓަނޭޝަނަލް" ކުރި ބައްޕަގެ ފަހަތުން ދަރިފުޅު

އެކަން ފުރިހަމަކުރީ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަހުމަދު އާމިރުގެ އަޑުން ކިޔައިފައިވާ އިނގިރޭސި ލަވައަކުންނެވެ. ދިވެހި ފުޓުބޯޅަ ހުލާސާކޮށް އެ ލަވައިގައި ކިޔައިދެ އެވެ. ލަވައިގެ ފަހަތުގައި ހުންނެވީ މަޝްހޫރު އޮގަރު އިބްރާހިމް ވަހީދެވެ.

ދިވެހި ފުޓްބޯޅަ "އިންޓަނޭޝަނަލް" ކުރި ބައްޕަގެ ފަހަތުން ދަރިފުޅު
ދިވެހި ފުޓްބޯޅަ "އިންޓަނޭޝަނަލް" ކުރި ބައްޕަގެ ފަހަތުން ދަރިފުޅު

އޭނާ ޅެން ލިޔުއްވި ލަވަ ވީ ދިވެހި ފުޓްބޯޅައިގެ އެންމެ ހިޓް ލަވަ އަށެވެ. ފުޓުބޯޅަ ލަވަތަކުގެ ޗާޓުގެ އެންމެ ކުރީގައި ވެސް އޮތީ އެ ލަވަ އެވެ. "އިޓްސް ގޯލްޑް" ގެ ނަމުގައި ވަހީދު ލިޔުއްވި ޅެން ވެގެން ދިޔައީ ދިވެހި ފުޓުބޯޅަ "އިންޓަނޭޝަނަލް ކުރި" ލަވަ އަށެވެ.

ގޯލްޑަން ޖުބުލީގެ ހަނދާނަށް ވަހީދު ކުރެއްވި އެ މަސައްކަތަކީ ދިވެހި ފުޓުބޯޅަ ބައިނަލްއަގްވާމީ ދަނޑަށް ހުޅުވިގެން ދިޔަ މުހިންމު އެއް ކަންތަކެވެ.

މިއީ އޭގެ 21 އަހަރު ފަހެވެ. ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ސާފް ޗެމްޕިއަންޝިޕަކީ ސީނިއާ ފެންވަރުގައި އިންޓަނޭޝަނަލް ލެވަލްގައި ރާއްޖޭގައި ކުޅޭ ހަތަރު ވަނަ މުބާރާތެވެ. އެކަމަކު، ވަހީދުގެ "ގޯލްޑް" ލަވަ އަދިވެސް ފޯރި ކައްކުވައިލަން އެބަޖަހަ އެވެ. ނަމަވެސް މި ފަހަރު ދިވެހި ފުޓުބޯޅަ "އިންޓަނޭޝަނަލް ކުރަން" ވަހީދު އަމަލީ ގޮތުން ހަރަކާތްތެރި ވެވަޑައެއްނުގަންނަވަ އެވެ. އޭނާގެ ލެގަސީ ހިފައިގެން ނުކުތީ މަރިޔަމް ތަސައްނުމް ވަހީދު (ތާތު) އެވެ. ދިވެހި އެފްއެމްގައި ކުރިން އެހުންތެރިންނަށް އެންމެ ފަރިތަ އަޑެވެ.

ވަހީދުގެ ލެގަސީ ދެމިއޮތީ ދިވެހި ފުޓްބޯޅައިގެ ފުރަތަމަ އިނގިރޭސި ލަވައިގެ ޅެން ލިޔުއްވި ޝަހުސިއްޔަތުގެ ގޮތުގަ އެވެ. އޭގެ ފަހުން މި ފެށުނީ ދަރިފުޅު ތާތުގެ ލެގަސީ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އިނގިރޭސި ކޮމަންޓޭޓަރުގެ ގޮތުގަ އެވެ.

ތާތު އަށް މި ފުރުސަތު ތނަވަސްކޮށް ދިނީ ޕީއެސްއެމް ޒުވާން ކޮމަންޓޭޓަރު އިސްމާއީލް އަޒުމީނެވެ. އަޒުމީންގެ ކޯ ކޮމަންޓޭޓަރުގެ ގޮތުގައި ސަރަހައްދުގެ އެހެން ގައުމުތަކަށާއި މުޅި އިންޓަނޭޝަނަލް ފުޓްބޯޅަ ކޮމިޔުނިޓީ އަށް ރާއްޖޭގެ ފުޓްބޯޅައިގެ ވާހަކަ ކޮމެންޓްރީގެ ސިފައިގައި ތާތު ކިޔައިދެ އެވެ.

ތާތު އަށް ފުރަތަމަ ކޮމެންޓްރީ ދޭން ޖެހުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ލަންކާ ކުޅުނު މެޗުގަ އެވެ. މީޑިއާ ކެރިއާގައި މީގެ ކުރިން ނުކުރާ މަސައްކަތެއް ކުރަން ޖެހުނީ އެވެ. ފިނިވި އެވެ. ހާސްވި އެވެ.

"އެންމެ ހިތްހަމަޖެހޭ ވަރަކަށް އަދިވެސް ނުދެވޭ. އެކަމަކު އެ ތަނަށް ގޮސްފައި ކޮމެންޓްރީ ދޭން ފެށީމާ އެ ކުރެވޭ އިހްސާސްތައް، ރާއްޖޭގައި މި ފަހަރު ސާފް ޗެމްޕިއަންޝިޕް ބާއްވާފައި ރާއްޖެ ރެޕްރެޒެންޓް ކުރަން އަދި އަންހެނެއްގެ ހައިސިއްޔަތުން އެތަނަށް އަރާ އިންނައިރު ވަރަށް ތަފާތު ވަރަށް ޕެޓްރިއޯޓިކް [ގައުމީ ވަންތަކަމުގެ] އިހްސާސެއް ކުރެވޭނީ،" ތާތު ބުންޏެވެ.

"އަސްލު ނޭނގޭ ބުނެދޭކަށް އެ އިހުސާސްތަކެއް. އައިއެމް އެކްސްޓްރީމްލީ ޕްރައުޑް."

ތާތުގެ ފުރުސަތާ މެދު ވަހީދު ސިފަކޮށްދިން ގޮތް އޭނާގެ ފަށުވި ޖުމުލައަކުން ވަރަށް ރީތިކޮށް އަތުރާލާފައި ވެ އެވެ.

"މި ޒުވާން އަންހެން ކުއްޖާއާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވަން،" ފޭސްބުކްގައި ވަހީދު ލިޔއްވާފައިވެ އެވެ.

"ފްރީ ލާންސްކޮށް ހުރެގެން ވެސް މިހާރު ވެސް ބްރޮޑްކާސްޓް ކުރަނީ. އެކަމަކު މި ފަހަރު މުޅި ދުނިޔެ އަށް."

ރާއްޖޭގައި އަންހެން ކޮމަންޓޭޓަރުން މެޗުގެ ކޮމެންޓްރީ ގެނެސް ދެމުން ދިޔައީ 1980 ގެ އަހަރުތަކުގެ ފަހުކޮޅުގަ އާއި 1990 ގެ އަހަރުތަކުގެ ކުރީ ކޮޅު އެވެ. އަލުން އަންހެން ކޮމަންޓޭޓަރުން ދަނޑަށް ގޮސް ކޮމަންޓްރީ ދޭން މިފެށީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ޝަރަފު މި ލިބުނީ ތާތު އަށެވެ. ރާއްޖޭގެ ފުރަތަމަ އަންހެން އިނގިރޭސި ކޮމަންޓޭޓަރުގެ ގޮތުގަ އެވެ.