07 އޮކްޓޯބަރ 2021 - 21:07

ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާ ދެކޮޅަށް މިރޭ ރާއްޖޭ މޮޅަށް ކުޅެ 2-0 އިން މޮޅުވެއްޖެ. ރާއްޖޭގެ ގައުމީ ދުވަހު ހޯދި މި ފުރިހަމަ މޮޅާ އެކު ރާއްޖެ އަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އުއްމީދު އާވެފައި.

މެޗުގެ ކުޅުން ނިމިއްޖެ

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިއްޖެ. އިތުރު ވަގުތުގެ ގޮތުގައި ތިން މިނިޓް ދައްކައިފި

މެޗުގައި ބާކީ އޮތީ ފަސް މިނިޓުގެ ކުޅުން. ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ 29 ފައުލްކޮށްފައި. ރާއްޖޭން ކޮށްފައި ވަނީ ހަތް ފައުލް

ރާއްޖޭން ލަނޑު ޖެހި ހަމްޒާ (ހަމްޕު) ގެ ބަދަލުގައި އަސަދުﷲ ކުޅެން އަރުވައިފި

އަޝްފާގަށް ފަހަތުން ޓެކްލް ކުރުމުން ބަންގްލަދޭޝްގެ ކެޕްޓަނަށް ރީނދޫ ކާޑު

ރާއްޖޭގެ ހަމްޕު ވަރަށް ހުސްކޮށް އަރައި ގޯލަށް ޖަހަން އުޅެނިކޮށް ކީޕަރު ދިފާއުކޮށްފި

އަޝްފާގު ޕެނަލްޓީ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ރާއްޖޭ ކުޅުންތެރިއަކު ފޮނުވާލުމުން ކީޕަރު ދިފާއުކޮށްފި
އަޝްފާގު ފޮނުވާލި ޕެނަލްޓީ ސީދާ ގޯލަށް
ޕެނަލްޓީ ޖަހަނީ އަޝްފާގު
ރާއްޖޭގެ ނާއިޒް ހިފައިގެން ދިޔަ ބޯޅައެއް ބަންގްލަދޭޝް ކުޅުންތެރިން ވައްޓާލުމުން ދިން ޕެނަލްޓީއެއް
ރާއްޖެ އަށް ޕެނަލްޓީއެއް
ބަންގްލަދޭޝްގެ ކުޅުންތެރިން ހުރަސްކުރި ބޯޅައެއް ރާއްޖޭގެ ޑިފެންޑަރުން ދިފާއުކޮށްފި
މި ހާފުގެ މިހާތަނަށް ރާއްޖެ އިން ދަނީ 66 ޕަސެންޓް ބޯލް ޕޮސެސަން ކޮންޓްރޯލް ކުރަމުން. ރާއްޖެ އިން ދަނީ ޕާސްކޮށްގެން ގޭމް ކޮންޓްރޯލް ކޮށްގެން ކުޅެވޭތޯ ބަލަމުން
ރާއްޖެ އަށް ކޯނަރެއް. ނާއިޒް ނެގި ކޯނަރު ބޭރަށް
ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ހަމްޕު ވަރަށް ރީއްޗަށް އޯވަހެޑަކުން ސީދާ ގޯލަށް
ރާއްޖެ އަށް ކޯނަރެއް. ކޯނަރު ނަގަނީ އޯވަހެޑަކުން ހަމްޕު ލަނޑު ޖަހައިފި
ޕެނަލްޓީ އޭރިއާގެ ބޭރުން ސެންޓޭ ވަރަށް ބާރަށް ގޯލަށް ފޮނުވާލި ބޯޅައެއް ބަންގްލަދޭޝްގެ ކީޕަރު ޕަންޗުކޮށް ދިފާއުކޮށްފި
ދެ ވަނަ ހާފުގެ ކުޅުން ފަށައިފި
ފުރަތަމަ ހާފުގެ ކުޅުމުގައި ރާއްޖެއިން 69 ޕަސެންޓް ބޯލް ޕޮސެސަން ކޮންޓްރޯލް ކުރިއިރު 273 ޕާސް ޖަހާފައިވޭ. ބަންގްލަދޭޝް އިން ޖަހާފައި ވަނީ 128 ޕާސް. ރާއްޖޭގެ ޕާސް އެކިއުރެސީ އަކީ 86 ޕަސެންޓް. ބަންގްލަދޭޝްގެ ޕާސް އެކިއުރެސީ އަކީ 64 ޕަސެންޓް. ރާއްޖޭން ތިން ފައުލް ކުރިއިރު ބަންގްލަދޭޝް ވަނީ 16 ފައުލްކޮށްފައި. ރާއްޖޭގެ ޓީމަށް އެއް ރީނދޫ ކާޑު ދައްކާފައިވާ އިރު ބަންގްލަދޭޝް އަށް ވަނީ ދެ ރީނދޫ ކާޑު ދައްކާފައި. ކޮންމެ ޓީމަކުން ވެސް ވަނީ އޮން ޓާގެޓް އެއް ޝޮޓް ހަދާފައި
އިތުރު ވަގުތުގެ ތެރޭގައި އަޝްފާގު ނެގި ހިލޭ ޖެހުމެއް ބަންގްލަދޭޝްގެ ކީޕަރު ވެއްޓިގަނެގެން ދިފާއުކޮށްފި
ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ އެއް މިނިޓުގެ ކުޅުން ވެސް ނިމިއްޖެ
އަޝްފާގު ހުރަސްކޮށްލި ބޯޅަ ސެންޓޭ ފޮނުވާލުމުން ކޯނަރަކަށް ބޭރުކޮށްލައިފ. އަޝްފާގު ނެގި ކޯނަރު ބަންގްލަދޭޝްގެ ކުޅުންތެރިން ދިފާއުކޮށްފި
ރާއްޖޭގެ ހިލޭ ޖެހުން ފޮނުވާލަނީ އަޝްފާގު
ސެންޓޭ އަރިމަތިން އެކަނި ކުރިއަރާ ބޯޅަ ހުރަސް ކުރަން އުޅެނިކޮށް ބަންގްލަދޭޝްގެ ކުޅުންތެރިން ސެންޓޭ ވައްޓާލައިފި. ބަންގްލަދޭޝްގެ ކުޅުންތެރިޔާ އަށް ރީނދޫ ކާޑު
ބަންގްލަދޭޝްގެ ހާފުގެ ތެރޭން ދެ ކުޅުންތެރިން ކަޓުވާލާފައި ދަނިކޮށް ރާއްޖޭގެ ހަމްޒާ ދަނިކޮށް ހަމްޒާ ވެއްޓުމުން އޭނާ އަށް ރީނދޫ ކާޑު ދައްކައިފި
މެޗުގެ މި ވަގުތު ކޮޅުގެ ތެރޭގައި ރާއްޖޭން ދަނީ ބަންގްލަދޭޝްގެ އޭރިއާ ތެރޭގައި ހަމަލާތައް އުފައްދަމުން
ރާއްޖޭގެ ކުޅުންތެރިން ބަންގްލަދޭޝްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ހުސްކޮށް ދަނިކޮށް ބަންގްލަދޭޝްގެ ކުޅުންތެރިން ދިފާއުކޮށްފި. އެ ބޯޅަ އަށް ރާއްޖޭގެ ކުޅުންތެރިއަކު އަރައިފައެއް ނެތް.
ރާއްޖޭގެ ކުޅުންތެރިން ބަންގްލަދޭޝްގެ ގޯލަށް ވަރަށް ނުރައްކާ ހަމަލާއެއް ދީފި. އަޝްފާގު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ސެންޓޭ ވަރަށް ބާރަށް ފޮނުވާލުމުން ބަންގްލަދޭޝްގެ ކުޅުންތެރިއަކު ދިފާއުކޮށްފި
ރާއްޖޭގެ ޓީމުން އައްސަދު އަލީގެ ބަދަލުގައި އައިސަމް ކުޅެން އަރުވައިފި
2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖްގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެފައި. އަދި 2015ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖުގައި ވެސް ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެފައި.
2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅެ ފުރިހަމަ ވަގުތުގައި 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-3 އިން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝް
އޭގެ ފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކޮށް 1-0 އިން ކާމިޔާބުކުރީ ބަންގްލަދޭޝް
ރާއްޖޭން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި 1997 ވަނަ އަހަރު ވާދަކުރަން ފެށިއިރު ފުރަތަމަ ނުކުންނަން ޖެހުނީ ވެސް ބަންގްލަދޭޝްއާ. އެމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެން.
މިރޭގެ މެޗަށް ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި. އަވޭ ޓީމުގެ ގޮތުގައި ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކާފައި ވަނީ 200 ޓިކެޓް. ކޮވިޑުގެ ހާލަތާ ގުޅިގެން ދަނޑުގެ ކެޕޭސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 5،000 ސަޕޯޓަރުން
މެޗުގެ 10 މިނިޓުގެ ކުޅުން ނިމުނު އިރު ރާއްޖެ އިން ވަނީ ބަންގްލަދޭޝްގެ ހާފުގެ ތެރެއަށް ވަދެ މެޗު ޑޮމިނޭޓް ކޮށްގެން ކުޅެވޭތޯ މަސައްކަތްކޮށްފައި
ރާއްޖޭގެ ހާފުގެ ތެރޭން ބަންގްލަދޭޝް އަށް އެއްލުމެއް
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ
މިރޭގެ މެޗަށް ރާއްޖެ ނުކުތް އިރު ޕޮއިންޓެއް ނުލިބި އޮތީ ތާވަލުގެ ފުލުގައި. އެހެން ނަމަވެސް މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ ރާއްޖެ އަށް ވެސް ކުރިއަށް ދިއުމުގެ މަގު ތަނަވަސްވާނެ.
ރާއްޖެ އާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ 1997 ވަނަ އަހަރު. އެ މެޗު ނިމިފައި ވަނީ 1-1 އިން އެއްވަރުވެގެން