ދިރާގު ޓީވީ ހިދުމަތަށް އެދިގެން ސެމްސަންގެ ޒީ ފޯލްޑް3 ހޯދުމުގެ ފުރުސަތު
ދިރާގު ޓީވީ ހިދުމަތަށް އެދިގެން ސެމްސަންގެ ޒީ ފޯލްޑް3 ހޯދުމުގެ ފުރުސަތު

ދިރާގު ޓީވީގެ ހިދުމަތަށް އަލަށް އެދޭ އެ ކުންފުނީގެ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ޓީވީ އަށް އެދޭ މީހުންނަށް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއި ބޮކްސް ވެސް ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ނޮވްމެބަރު މަހުގެ ނިޔަލަށެވެ.

މި ހިދުމަތަށް އެދޭ ކަސްޓަމަރުންގެ ތެރެއިން ގޯލްޑް ޕެކޭޖު ނަގާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނެގުން ވެސް އޮންނާނެ އެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ޒީ ފޯލްޑް3 ލިބޭނެ އެވެ.

މީހެ އިތުރުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް ބޭނުންވާ ޕެކޭޖެއް ހަ މަސް ދުވަަހަށް ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީއަކީ 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ކޮލިޓީ އަދި އަގުގައި ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ މިހާތަނަށް ރާއްޖޭގެ 77 ޕަސެންޓު ގޭބިސީއަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ.