ގައުމީ އިނާމް 14 ބޭފުޅަކަށް، ޝަރަފުވެރިކަމުގެ އިނާމް ހަތަރު ބޭފުޅަކަށް!
ގައުމީ އިނާމް 14 ބޭފުޅަކަށް، ޝަރަފުވެރިކަމުގެ އިނާމް ހަތަރު ބޭފުޅަކަށް!

ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމް 18 ބޭފުޅަކަށް ސަރުކާރުން މިރޭ ދީފި އެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމްތައް ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގަތީ ކީރިތި ގުރުއާން ކިޔެވުމުގެ ދާއިރާ، ދިވެހި ބަހާއި އަދަބިއްޔާތާއި، ސިއްހީ އަދި ކުޅިވަރު ދާއިރާ އިން ހަތަރު ބޭފުޅަކަށެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގަތީ 14 ބޭފުޅަކަށެވެ.

1. ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ
ދާއިރާ: އަލްމަރްހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް

2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ: ހަސަން ލަބީބު، ކެމީ ސ. ހިތަދޫ

3. ސިއްހީ ދާއިރާ: ޑރ. ހާމިދު ރަޝީދު، މއ. އެވޭލާގެ

4. ކުޅިވަރުގެ ދާއިރާ: މައްލާ ޅަތުއްތު، ހ. ސާވަން

1. ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ
ދާއިރާ: އަލްހާފިޒާ ލަތީފާ އަހުމަދު މާވުލެސް ސ. ހިތަދޫ

2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަސް އުނގަންނައިދިނުމުގެ
ރޮނގުން: އަބްދުالله ޖަމީލް ވައްވަރުގެ ޅ. ނައިފަރު

3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން
ކުރިއެރުވުމުގެ ރޮނގުން: ފަތުހުالله އަހުމަދު، މޫރިތިގެ ހއ. އިހަވަންދޫ

4. ތައުލީމީ ދާއިރާއިން، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި
މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: ޝަރަފުލްހުދާ މުހައްމަދު، ސީނުގެ، ގއ. ނިލަންދޫ

5. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ
ރޮނގުން: އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، ހއ. އިހަވަންދޫ

6. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު
އާދަތައް ނައްތައިލުމަށް މަސައްކަތް ކުރުމުގެ ރޮނގުން: މުހައްމަދު ރާޝިދު، މ. ހުސްނޫ

7. ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި
ކަންކަން ހިންގުމާއި ތައާރުފު ކުރުމުގެ ރޮނގުން: ޔޫސުފް ރިފްއަތު، ނޫވިލު ޅ. ހިންނަވަރު

8. މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކި ބާވަތުގެ މަސައްކަތް ކުރުމާއި،
ކުރިއެރުވުމުގެ ރޮނގުން: ފާތިމަތު ޝިފާ މޫސާދީދީ، ސަރާސަރުގެއާގެ ސ. ހިތަދޫ

9. މުވާސަލާތާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން، ކޮމްޕިއުޓާ
ސޮފްޓްވެއާ އާއި، ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީ ކުރުމުގެ ރޮނގުން: ޑރ. މުހައްމަދު ކިނާނަތު، މއ. ބޮޑުދަހަރާގެ

10. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ
ރޮނގުން: އިބްރާހީމް މުހައްމަދު، ހ. ސްނޯޕީކް

11. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ
ރޮނގުން: އަލީ ރަޝީދު، ހަނދުވަރީގެ ސ. ފޭދޫ

12. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ
ރޮނގުން: ފާތިމަތު ސާލިޔާ، ވާރޭވިލާ ހދ. ނޭކުރެންދޫ

13. ވިޝުއަލް އާޓްސްގެ ދާއިރާއިން، ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި،
ފަރުމާކުރުން) ގެ ރޮނގުން: މައިމޫނާ، މ. މިރިޔާސްގެ

14. ޒުވާނުންގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް
ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: އަރުޝަދު އަޝްރަފް، ހުސްނުހީނާގެ ހއ. ހޯރަފުށި