06 އޮކްޓޯބަރ 2021 - 13:09

މާދަމާ އޮންނަ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.
"ބޯޅަ ކޮބާ" ގެ ނަމުގައި ހުޅުވާލި މި ފުރުސަތުގެ ދަށުން އެ ކުންފުނީގެ ޓްވިޓާ އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯގައި ފުޓުބޯޅަ އޮތްތަން ދިމާކުރަން ޖެހެ އެވެ. އެއަށް ފަހު #OoredooSAFFChampionship2021 ޓެގުކޮށް ޖަވާބު އެ ޕޯސްޓަށް ރިޕްލައި ކުރުމުން ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
މި ލަކީޑްރޯގައި ބައިވެރިވެވޭނީ މިއަދު ހަވީރު 4:00 ގެ ކުރިން ޖަވާބު ފޮނުވާ މީހުންނަށެވެ. ރަނގަޅު ޖަވާބު ދިމާކުރާ މީހުންގެ ތެރެއިން ހޮވޭ މީހަކަށް މާދަމާ އޮންނަ މެޗުތަކުގެ ތެރެއިން ބޭނުން މެޗެއްގެ ދެ ޓިކެޓު ލިބޭނެ އެވެ.
މާދަމާ އޮންނަ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވެފައި ވަނީ ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗެވެ. މި މެޗުގެ ޓިކެޓުތައް މިހާރު ވަނީ ހުސް ވެފަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 9:00ގަ އެވެ.
އުރީދު އަކީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރެވެ.