05 އޮކްޓޯބަރ 2021 - 16:25

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޒަރުންނަށް، ޓީޗަރުންގެ ދުވަހާ ގުުޅުވައިގެން އެސްޓީއޯއިން ހަދިޔާ ބަހައިފި އެވެ.
އެ ކުންފުނިން ވަނީ ހަދިޔާއެއްގެ ގޮތުގައި މާލެ ސަރަހައްދުގެ ސަރުކާރު 16 ސްކޫލެއްގެ ކޮންމެ ޓީޗަރަކަށް 250ރ. ގެ ވައުޗަރަކާއި މާބޮނޑިއެއް ދީފަ އެވެ. މި ވައުޗާ ބޭނުންކޮށްގެން އެސްޓީއޯގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެ އެވެ.
ހުޅުމާލެ ރެހެންދި ސްކޫލްގެ ޓީޗަރުންނާ ހަދިޔާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އެހެން ސްކޫލްތަކުގައި ހަދިޔާ ހަވާލު ކުރީ އެ ކުންފުނީގެ މުވައްޒަފުންނެވެ.
އެސްޓީއޯއިން ބުނީ މިއީ ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށެވެ.