ޑިއޯޑޮރަންޓުން ޖެހޭ ލައްގަނޑު ފިލުވާލާނެ ގޮތްތަކެއް
ޑިއޯޑޮރަންޓުން ޖެހޭ ލައްގަނޑު ފިލުވާލާނެ ގޮތްތަކެއް

ދާހިއްލުމުން ހަށިގަނޑުގައި އުފެދޭ ދަލާއި ގަޔަށް ޖަހާ ޑިއޯޑޮރަންޓު ފަދަ އެއްޗެހި އެކުވުމުން، އަންނައުނުގައި ވަރުގަދަ ލައްގަނޑެއް ޖަހައި ހަޑިވުމަކީ ވަރަށް ގިނަ މީހުން ދިމާވާ މައްސަލައެކެވެ. ދަލުގައި ހުންނަ ކުލަ، ރީނދޫ ފާޑުގެ ކުލަޔަކަށް ބަދަލުކޮށްލަނީ ހަށިގަނޑުގައި އުފެދޭ ބެކްޓީރިއާތަކާއި ޑިއޯޑަރަންޓު އެކުވުމުންނެވެ. ކިހިލިފަތްދޮށާ ދިމާލުން، ހެދުމުގައި އެ ޖެހެނީ އެ ރީނދޫ ލައްގަނޑެވެ.

ޑިއޯޑަރަންޓުން ހެދުން ހަޑިވާވުމާއި ހަމައެކަނި ދަލުން ހަޑިވާ ހަޑިވުން ވެސް ތަފާތުވާނެ އެވެ.

އެންޓިޕާސްޕިރެންޓުން އުފެދޭ ހުދުކުލައިގެ މާކުތަކުން އޭގައި ހިމެނޭ ލޮނުން ދާހިއްލުން ކުޑަކޮށްދެ އެވެ. މިފަދަ ބާވަތްތައް ހުންނަ އެއްޗެހި ލުމުން، ފުހެލަން އުނދަގޫ ލައްގަނޑެއް ދަލުގެ ސަބަބުން ހެދުމުގައި ޖެހެ އެވެ.

ކިހިލިފަތްދޮށުން ދާހިއްލުމުން ހެދުމުގައި ޖެހޭ ލައްގަނޑު ފިލުވާލަން ވަރަށް އުނދަގުލެވެ. މިގޮތަށް ޖެހޭ ލައްގަނޑު ފިލުވުމަށް އެންމެ ރަނގަޅު އެއްޗަކީ އެސިޑެވެ. އެސިޑަކީ އަގުބޮޑު ނޫން އަދި ހޯދަން ވެސް ފަސޭހަ އެއްޗެކެވެ.

ފެންފޮދަކާ އެކު ހައިޑްރޮޖެން ޕެރޮކްސައިޑުކޮޅެއް އަޅާށެވެ. މި ބޭނުންކުރާ ނަމަ މިއީ ހެދުމުގެ ކުލަ ދުއްވާލާ އުފެއްދުމެއްކަން ހަނދާނުގައި ބަހައްޓަން ވާނެ އެވެ. މި ބޭނުން ކުރަން އެންމެ ރަނގަޅުވާނީ ހުދުކުލައިގެ ހެދުމެއްގަ އެވެ.

އެއް ޖޯޑު ބޭކިން ސޯޑާ ތެރެއަށް ކުޑަ ފެންފޮދެއް އަޅާފައި، ދަތްއުނގުޅާ ބޭސްކޮޅެއް އޭގެތެރެއަށް އެއްކޮށްލާށެވެ. ހުދުކުލައިގެ ހެދުމެއް ނަމަ ހައިޑްރޮޖެން ޕެރޮކްސައިޑް ކޮޅެއް އެޅުމުން ލައް ފިލާލެއް އަވަސް ވާނެ އެވެ. ބޭކިން ސޯޑާ ނެތް ނަމަ ޕްލެއިން ސޯޑާ ކޮޅެއް ބޭނުން ކުރެވިދާނެ އެވެ.

އެއްތަށި ފެނަށް މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ވައިޓް ވިނެގާ އެއްކޮށްލާފައި، ހެދުމުގެ ލައްޖެހިފައިވާ ތަންތަނުގައި އުނގުޅާލާފައި ބަހައްޓާށެވެ.

ލައް ޖެހިފައިވާ ތަން ކުޑަ ފެން ފޮދަކުން ތެތްކޮށްލުމަށް ފަހު، ލުނބޯ ހުތް ހާކާފައި ރަނގަޅަށް އުނގުޅާލާށެވެ.

ލައް ޖެހިފައިވާ ތަންނުގައި، މަތީގައި މި ބުނި ކޮންމެވެސް އެއްޗެއް އުނގުޅުމަށް ފަހު، އެއްގަޑިއިރު ވަންދެން ބާއްވާށެވެ. އޭގެ ފަހުން، ހޫނުފެނުން ދޮންނާށެވެ.

އެސިޑް އަޅައިގެން ހެދުމުގެ ލައް ފިލުވާ ނަމަ ވަރަށް ފަރުވާތެރިވާން ވާނެ އެވެ. ކުލަކުލައިގެ ހެދުމުގައި އެސިޑް ބޭނުން ކުރުމުން ހެދުން ހަލާކުވުން އެކަށީގެންވެ އެވެ. އަދި މިފަދަ ތަކެތި ބޭނުން ކުރާއިރު އަތަށް އަންގިއެއް ލައްވައިގެން ހާމަކަން ބޮޑު ތަނެއްގައި ހުރުމަކީ ރައްކާތެރި ގޮތެވެ.