05 ޑިސެމްބަރ 2016 - 06:29

އިންޑިއާ ސަރުކާރުން ކުއްލި ގޮތަކަށް 500 ރުޕީސް އާއި 1000 ރުޕީސްގެ ކުރީގެ ނޫޓު ބޭނުންކުރުން ހުއްޓާލުމުން އާއްމު ރައްޔިތުންނެކޭ އެއްގޮތަށް ފިލްމީ ތަރިންނަށް ވެސް އޭގެ އުނދަގޫތައް ވަނީ ކުރިމަތިފަ އެވެ.
ބޮލީވުޑް ތަރިން ވެސް އޭޓީއެމްތަކާއި ބޭންކްތަކުގެ ބޭރުގައި ދަމާލާފައި އޮންނަ ދިގު ކިއޫތަކުގައި ތިބޭ ތަން ދަނީ ފެންނަމުންނެވެ.
އަނިލް ކަޕޫރު އޭޓީއެމް ކިއޫއެއްގައި ހުއްޓާ ފެނިގެން ގޮސް އޭނާގެ ދެ ފޭނަކު ވަނީ ސެލްފީ ނަގައި ޓުވީޓްކޮށްފަ އެވެ.
މި ފޮޓޯއާ އެކު އަނިލްގެ ފޭން ލިޔެފައިވާ ގޮތުގައި މިއީ ފައިސާގެ މައްސަލައިގައި އުފުލަން ޖެހޭ ތަކްލީފު ހާމަކޮށްދޭން ޕޯސްޓްކުރި ފޮޓޯއެއް ނޫނެވެ.
ފޭންގެ މެސެޖަށް 59 އަހަރުގެ އެކްޓަރު އަނިލް ވެސް ޖަވާބު ދިނެވެ.
އޭޓީއެމް ލައިންގައި ހުރެ ސެލްފީ ނެގި ވާހަކަޔާއި އެ ފުރުސަތު ލިބުނީ ފައިސާ މަނާކުރުމުން ކަމަށް ވާތީ އެކަމަށް އަނިލް ޝުކުރު ވެސް އަދާކުރި އެވެ. އެހެން ނޫން ނަމަ އޭނާގެ ފޭނުންނާ އެގޮތަށް ބައްދަލު ނުވެވުނީސް ކަމަށް ވެސް އޭނާ ބުންޏެވެ.