ބަހެއް ނުބުނެ ޓިކްޓޮކްގެ އެންމެ މަޝްހޫރު މީހާއަށް
ބަހެއް ނުބުނެ ޓިކްޓޮކްގެ އެންމެ މަޝްހޫރު މީހާއަށް

އިޓަލީގައި ވެސް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުމާ އެކު ވަރަށް ގިނަ ބައެއްގެ ވަޒީފާތައް ގެއްލުނެވެ. ކަބި ލަމޭ އަކީ އޭގެ ތެރެއިން އެކަކެވެ. ވަޒީފާ ގެއްލުމުން އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ މަންމަގެ ގޭގައި އޭނާގެ ތިން ކޮއްކޮއާ އެކު އެވެ. އިތުރު ވަޒީފާއެއް ހޯދުމުގެ މަސައްކަތް ގޭގައި އިނދެ ކުރުމުގެ ތެރޭގައި ފޯނަށް ޓިކްޓޮކް ޑައުންލޯޑްކުރި އެވެ.

ބަހެއް ނުބުނެ ޓިކްޓޮކްގެ އެންމެ މަޝްހޫރު މީހާއަށް
ބަހެއް ނުބުނެ ޓިކްޓޮކްގެ އެންމެ މަޝްހޫރު މީހާއަށް

"ކަބި ލާމޭ"ގެ ނަމުގައި ޓިކްޓޮކް އެކައުންޓެއް ހުޅުވައި އޭނާގެ އަމިއްލަ ވީޑިއޯތައް ޕޯސްޓުކުރަން ފެށި އެވެ. މިގޮތަށް ވީޑިއޯ ޕޯސްޓްކުރަމުން ދަނިކޮށް އޭނާ އަށް އޭނާގެ މުޅިން ތަފާތު ޓެލެންޓެއް ދެއްކެން ފެށުނެވެ.

ބަހެއް ނުބުނެ ޓިކްޓޮކްގެ އެންމެ މަޝްހޫރު މީހާއަށް
ބަހެއް ނުބުނެ ޓިކްޓޮކްގެ އެންމެ މަޝްހޫރު މީހާއަށް

ޓިކްޓޮކް ކުޅޭ އެހެން މީހުންނެކޭ އެއް ގޮތަށް ލަމޭ ވެސް ފުރަތަމަ ހެދީ އޭނާގެ އަމިއްލަ ނެށުމުގެ ޓިކޮޓޮކްތަކާއި ކޮމެޑީ ވީޑިއޯތަކާއި ގޭމެވެ. މިގޮތަށް ޓިކޮޓޮކް ހަދަމުން ގޮސް، މި އަހަރުގެ ކުރީ ކޮޅު އޭނާ ފެށީ ލައިފް ހެކްސް ވީޑިއޯ ހަދާ މީހުންނަށް "ޖޯކު" ޖެހުމެވެ. ލައިފް ހެކްސް ހަދާފައި ހުންނަ މީހުން ޕޯސްޓުކޮށްފައި ހުންނަ ވީޑިއޯތައް ރީކްރިއޭޓުކުރަން ފެށީ މަޖާ ގޮތަކަށެވެ. ކަންކަން ފަސޭހައިން ކުރެވޭނެ ގޮތް ކަމަށް ބުނެ އެހެން މީހުން ހަދާފައިވާ ހުންނަ ވީޑިއޯގައި އެ ބުނާ ގޮތަށް ނޫނަސް ފަސޭހައިން ކުރެވިދާނެކަން އެންމެން ހެއްވާލާ ގޮތްގޮތަށް ކިޔައިދޭން ފެށީ އެވެ. މި ވީޑިއޯތަކަށް ދުނިޔޭގެ އެކި ހިސާބުތަކުން ކޮމެންޓުކޮށް އޭނާ އަށް ސަޕޯޓު ލިބެން ފެށި އެވެ.

ލަމޭ އަކީ މިިހާރު ޓިކްޓޮކްގެ އެންމެ މަޝްހޫރު މީހާ އެވެ. އޭނާ އަށް މިހާތަނަށް ވަނީ 114 މިލިއަން ފޮލޯވާސް ލިބިފަ އެވެ. ލަމޭ އަށް ވުރެ ފޮލޯވާސް ގޮތުން އެންމެ ކުރީގައި ދެން އުޅެނީ ކެލިފޯނިއާ އަށް އުފަން "ޗާލީ ދި އަމީލިއޯ" އެވެ.

މިހާތަނަށް ލަމޭ، 21، ކުޅެފައިވާ އެއްވެސް ޓިކްޓޮކެއްގައި ބަހެއް ނުބުނުމަކީ އޭނާގެ ތަފާތެވެ.

"އަހަރެންގެ ވިސްނުމަށް އައީ އިޝާރާތެއް ކޮށްގެން ގިނަ މީހުން ހެއްވާލަން. ވާހަކަ ނުދެއްކިއަސް މީހުންގެ ސަޕޯޓު ލިބޭ،" ލަމޭ ސީއެންއެން އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އިސްކޮޅުން ދިގު އަދި ފައިދިގުކޮށް ހުންނަ ލަމޭގެ މޫނުގެ އެކްސްޕްރެޝަންސްތައް ވަރަށް ތަފާތެވެ. އާންމުކޮށް އޭނާގެ ވީޑިއޯތަކުގައި ހުންނަނީ ކުރަން ވަރަށް އުނދަގޫ ކަންކަން ފަސޭހަވާނެ ގޮތެއް ކަމަށް ބުނެ ހަދާފައިވާ ލައިފް ހެކްސް އަށް އެހެން ގޮތެއް ބުނެދީފަ އެވެ. ހަމަ އެކަންތައް ކުރަން އެ ނޫނަސް ފަސޭހަ ގޮތްތައް ދައްކުވައިދޭ ވީޑިއޯތަކެވެ. އަދި ކޮންމެ ވީޑިއޯއެއް ނިންމާލަމުން ވެސް އޭނާގެ ދެ އަތުން އެ ދައްކާ އިޝާރާތަކީ އާންމުންގެ މެދުގައި ވަރަށް މަޝްހޫރުވެފައިވާ ކަމެކެވެ. ގިނަ ބަޔަކަށް މަޖާވަނީ އޭނާގެ އަތުން ދައްކާލާ އިޝާރާތާ އެކު މޫނުން އެ ދައްކާލާ އެކްސްޕްރެޝަނެވެ.

ވާހަކައެއް ނުދައްކާ ލަމޭ ދައްކަމުން އަންނަ ހުނަރުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ވަރަށް ކާމިޔާބު، ގިނަ ބަޔަކު ދަންނަ މީހަކަށް ވެފަ އެވެ.

"އަހަރެންގެ މޫނަށް ހަދާލެވޭ ގޮތް މީހުންނަށް މާ ކަމުދަނީ ކަމަށް ވެދާނެ، އެހެންވެ ކަންނޭނގެ މީހުން އެހާ މަޖާކުރަނީ. އާދައިގެ ކުދިކުދި ކަންކަމުން ވެސް މީހުން ހެއްވާލެވޭތީ އަހަރެން ވަރަށް ހިތްހަމަޖެހޭ،" އުމުރުން އެއް އަހަރުގައި އިޓަލީގައި އުޅެން ފެށި، ސެނަގާލް އަށް އުފަން ލަމޭ ބުނެފައިވެ އެވެ.

ޓިކްޓޮކްގެ އިތުރުން އިންސްޓަގްރާމުގައި ވެސް މިހާރު 47 މިލިއަން ފޮލޯވާސް އޭނާ އަށް ވަނީ ލިބިފަ އެވެ. އިންޓަނޭޝަނަލް ކުންފުނިތަކުން އޭނާއާ ޕާޓްނަޝިޕް ހަދަން ހުށަހެޅުންތައް އާދެ އެވެ. އޭގެތެރޭގައި ނެޓްފްލިކްސް، އިޓާލިއަން ފުޑް ކޮމްޕެނީ ބަރިއްލާ އަދި އިންޑިއަން ފެންޓަސީ ސްޕޯޓްސް ޕްލެޓްފޯމް ޑްރީމް11 ފަދަ ކުންފުނިތައް ހިމެނެއެވެ.

ލަމޭ ވަނީ އޭނާ އަށް ޕާޓްނަޝިޕްތަކުން ލިބޭ އާމްދަނީ ސިއްރު ކޮށްފައެވެ. ލަމޭ ބުނި ގޮތުގައި އެންމެ އަގުބޮޑު އެއްޗަކަށް ވެސް އޭނާ ހޯދާފައި ވަނީ އައިފޯން 12 އެކެވެ. އެއީ ވެސް އޭނާ ކުޅޭ ވީޑިއޯތަކުގެ ކޮލިޓީ ރަނގަޅު ކުރުން ކަމަށް ބުންޏެވެ.