05 އޮކްޓޯބަރ 2021 - 11:11

އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު އާއި މުހައްމަދު މޫސާ ރިހި މެޑަލް ހޯދައިފި އެވެ.
އުޒްބެކިސްތާންގެ ވެރިރަށް ޓަޝްކަންޓްގައި، ކުރީގެ މިސްޓަ މޯލްޑިވްސް މުހައްމަދު ރަޝީދު (ރަޗޭ) ރިހި މެޑަލް ހޯދީ 65 ކިލޯގެ ކެޓެގެރީންނެވެ. މުހައްމަދު މޫސާ (މޯޑް) ވަނީ 55 ކިލޯގެ ކެޓެގެރީން ރިހި މެޑަލް ހޯދައިފަ އެވެ.
ދެކުނު ކޮރެއާގައި ބޭއްވި އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި 55 ކިލޯގެ ކެޓަގަރީން މޯޑް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. މި ފަހަރު އެ ކެޓެގެރީން ރިހި މެޑަލް ހޯދުމަކީ އޭނާ އަށް ލިބުނު ބޮޑު ކުރި އެރުމެކެވެ.
ރާއްޖޭގެ ހަ އެތުލީޓުން މުބާރާތުގައި ވާދަކުރ އެވެ. އެއީ ރަޗޭ އާއި މޯޑުގެ އިތުރުން އަޒުނީން ރަޝީދު، ހުސައިން ހިމްޔާން، ފަތުހުﷲ މުހައްމަދު އަދި އިބްރާހިމް ނަބީލެވެ.