ތަޖުރިބާގެ ބޭނުން ނުކުރެވުމުން އިންޑިއާއަށް ލިބުނީ އަދަބެއް
ތަޖުރިބާގެ ބޭނުން ނުކުރެވުމުން އިންޑިއާއަށް ލިބުނީ އަދަބެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި ތަޖުރިބާގެ ބޭނުން ނުކުރެވުމުން، އިންޑިއާ އަށް ލިބުނީ އަދަބެއް ކަމަށް އެ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.

ތަޖުރިބާގެ ބޭނުން ނުކުރެވުމުން އިންޑިއާއަށް ލިބުނީ އަދަބެއް
ތަޖުރިބާގެ ބޭނުން ނުކުރެވުމުން އިންޑިއާއަށް ލިބުނީ އަދަބެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ފުރަތަމަ މެޗުގައި މޮޅެއް ނުހޯދި، މުބާރާތް މި ފެށީ 13 އަހަރަށް ފަހު އެވެ. މީގެ ކުރިން މުބާރާތުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި މޮޅެއް ނުލިބި ފެށީ 2003 ގަ އެވެ. އެ އަހަރުގެ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ 1-0 އިންނެވެ.

ތަޖުރިބާގެ ބޭނުން ނުކުރެވުމުން އިންޑިއާއަށް ލިބުނީ އަދަބެއް
ތަޖުރިބާގެ ބޭނުން ނުކުރެވުމުން އިންޑިއާއަށް ލިބުނީ އަދަބެއް

ބަންގްލަދޭޝްއާ ދެކޮޅަށް އިިންޑިއާ އިއްޔެ ކުޅުނު މެޗުން އެއްވަރުވީ އިންޑިއާ އިން ލީޑު ނަގާފައި ވަނިކޮށް ބަންގްލަދޭޝްއިން ނަތީޖާ ހަމަހަމަކޮށްގެންނެވެ. ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދަނިކޮށެވެ.

"ހުރިހާ އެއްޗެއް އަހަރެމެންގެ އަތުގައި އޮވެ، މެޗުން މޮޅު ނުވެވުމަކީ ދެރަވާ ކަމެއް. މެޗުގެ ކޮންޓްރޯލް އަހަރެމެންގެ އަތުގައި އޮތް. އެ ޓީމަށް ވުރެ އިތުރު ކުޅުންތެރިޔެއް ހުރި. އަދި 1-0 ގެ ލީޑެއް ވެސް އަހަރެމެންގެ އަތުގައި އޮތް،" ސްޓިމަކް ބުންޏެވެ.

"އެކަމަކު މެޗުގެ 75 ވަރަކަށް މިނިޓް ކުޅުނު ފަހުން އަހަރެމެންނަށް ވަރަށް އާދައިގެ ޕާސްތައް މިސްކޮށްލެވުނު. ޖަހަން ނުޖެހޭ ޕާސްތަކެއް ޖެހި. ހަދަން ނުޖެހޭ ކަހަލަ ގޯސްތަކެއް ހެދި. އިދިކޮޅު ޓީމުގެ ކުރިމަތީގައި ހިތްވަރު ގެއްލޭ ކަމަށްވާނަމަ ފުރުސަތު އެ ދެވެނީ އެ ޓީމަށް. އެ ފުރުސަތުތަކުގެ ބޭނުން އެ ޓީމަކުން ހިފާނެ. ހިފަހައްޓަން ޖެހޭ ކަންކަން ނުހިފެހެއްޓުނީމަ މިއަދު އަހަރެމެންނަށް މި ލިބުނީ އަދަބެއް. އަދި ޓީމުގެ ތަޖުރިބާ ވެސް އިންޑިއާގެ ކުޅުންތެރިންނަށް ބޭނުމެއް ނުކުރެވުނު."

ސްޓިމަކުގެ ކޯޗު ކަމުގައި އިންޑިއާ ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ތިން މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ދެ މެޗު އެއްވަރުވެ އެއް މެޗުން އިންޑިއާ މޮޅުވި އެވެ. އޭނާ ބުނީ ބަންގްލަދޭޝް އަތުން ބަލި ނުވުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ވިސްނަން ޖެހޭ ކަމަށެވެ.

ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ފަހަތުން އަރައި އިންޑިއާއާ އެއްވަރު ކުރުމަށް ކުޅުންތެރިން ދެއްކި ކުޅުމާ އެކު ބަންގްލަދޭޝްގެ ފުޓްބޯޅަ އަލުން ދިރިއްޖެ ކަމަށެެވެ.

އިންޑިއާ އަށް މުބާރާތުގައި ދެން އޮތީ ބުރާސްފަތި ދުވަހުގެ ހަވީރު ސްރީ ލަންކާ އާ ދެކޮޅަށް ކުޅޭ މެޗެވެ. ބުރާސްފަތި ދުވަހުގެ ރޭ ބަންގްލަދޭޝް ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވުން ރާއްޖެ އަށް ވެސް މަޖުބޫރެވެ.