ސްޓެލްކޯ އިންޖީނުގޭން އުނދަގޫވާ މައްސަލަ އަންނަ އަހަރުގެ ނިޔަަލަށް ހައްލުކުރަން މަޖިލީހުން ލަފާދީފި
ސްޓެލްކޯ އިންޖީނުގޭން އުނދަގޫވާ މައްސަލަ އަންނަ އަހަރުގެ ނިޔަަލަށް ހައްލުކުރަން މަޖިލީހުން ލަފާދީފި

މާލޭ އިންޖީނުގެއިން ދުން އެރުމާއި އަޑުގަދަވުމާއި ވައިބްރޭޝަންގެ ސަަބަބުން އާއްމުންނަށް އުނދަގޫވާ މައްސަލަ އަންނަ އަހަރު ނިމުމުގެ ކުރިން ހައްލުކުރަން ލަފާދޭން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސްޓެލްކޯ އިންޖީނުގޭން އުނދަގޫވާ މައްސަލަ އަންނަ އަހަރުގެ ނިޔަަލަށް ހައްލުކުރަން މަޖިލީހުން ލަފާދީފި
ސްޓެލްކޯ އިންޖީނުގޭން އުނދަގޫވާ މައްސަލަ އަންނަ އަހަރުގެ ނިޔަަލަށް ހައްލުކުރަން މަޖިލީހުން ލަފާދީފި

ސްޓެލްކޯގެ އިންޖީނުގެ މާލޭގެ ގެތަކާ މާ ކައިރީގައި ހުންނާތީ އާންމުންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ގަރާރު ދިރާސާކޮށް ކަމާބެހޭ ކޮމިޓީތަކުން ދިރާސާކޮށް ނިންމި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ މައްސަލަ ހައްލުކުރަން ސްޓެލްކޯއިން ކުރަން މަޖިލީހުން ހުށަހަޅާ ގިނަ ކަންތައްތަކަކާ އެކުގަ އެވެ.

ރިޕޯޓްގައިވާ ފުރަތަމަ ނިންމުމަކީ ސްޓެލްކޯގެ އިންޖީނުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ގެއްލުންތައްް ކުޑަކުރުމަށް ޖަނަރޭޓަރުތައް ސައުންޑްޕްރޫފްކުރުމާއި ވައިބްރޭޝަން އެނެޓުއޭޝަން އަދި ދުންހޮޅިތައް އުސްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު 31 ގެ ކުރިން ނިންމަން ސްޓެލްކޯއަށް އެންގުމަށެވެ. އެ މަސަައްކަތްކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނަކާއި ވަގުތީ ޝެޑިއުލްް އެއް މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަޖިލީހަށް ފޮނުވަން ސްޓެލްކޯއަށް އަންގަން ވެސް ރިޕޯޓްގައި އެބަ އޮތެވެ.

- ސްޓެލްކޯގެ އިންޖީނުގެއިން އާއްމުންނަަށް އުނދަގޫވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި އިންޖީނުގެ އެހެންތަނަކަށް ބަދަަލުކުރަން ނުވަތަ އަޕްގްރޭޑްކުރަން ސަރުކާރަށް ލަަފާދިނުން.

- އިންޖީނުގެ ހިންގަނީ އެކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަން ކަށަވަރުކުރުމަށް ޓަކައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ގަވައިދުން މޮނިޓާކުރުން.

- ވައިގެ ކޮލިޓީއާއި ވައިބްރޭޝަން ގެ އަސަރު ދެނެގަންނާނެ އިކްއިޕްމެންޓާއި ތަމްރީނުވެފައިވާ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތައް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ފޯރުކޮށްދޭން ސަރުކާރަށް ލަފާދިނުން.

- ހުޅުމާލޭގެ އިންޖީނުގެއިން މާލެއަށް ކަރަންޓް ދޭ ގޮތަށް ބަދަލުކުރަން ކުރާ މަސައްކަތް އަވަސްކުރަން ސަރުކާރަށް ލަފާދިނުން.

ސްޓެލްކޯގެ އިންޖީނުގެއިން އާއްމުންނަށް އުނދަގޫވާ މައްސަލަ ހައްލުކުރަން މީކާއީލް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާއި ސްޓޭަޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.