ކޮޕީރައިޓް ގާނޫނާ ހިލާފަށް ގައުމީ ޖޯޒީ ވިއްކާ މައްސަލަ އެފްއޭއެމުން ފެންމަތިކޮށްފި
ކޮޕީރައިޓް ގާނޫނާ ހިލާފަށް ގައުމީ ޖޯޒީ ވިއްކާ މައްސަލަ އެފްއޭއެމުން ފެންމަތިކޮށްފި

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ގައުމީ ޓީމުގެ އޮފިޝަލް ޖޯޒީ، ރާއްޖޭގެ ކޮޕީ ރައިޓް ގާނޫނާ ހިލާފަށް ވިއްކަމުންދާ މައްސަލަ އެފްއޭއެމުން ފާހަގަކޮށްފި އެވެ.

ކޮޕީރައިޓް ގާނޫނާ ހިލާފަށް ގައުމީ ޖޯޒީ ވިއްކާ މައްސަލަ އެފްއޭއެމުން ފެންމަތިކޮށްފި
ކޮޕީރައިޓް ގާނޫނާ ހިލާފަށް ގައުމީ ޖޯޒީ ވިއްކާ މައްސަލަ އެފްއޭއެމުން ފެންމަތިކޮށްފި

ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ޖޯޒީ ފޯރުކޮށް ދެނީ، ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ، "އައިލެންޑް އެޕެރަލްސް" އިންނެވެ. ރޭ ދަންވަރު އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައިޓްސް ދީގެން ޖޯޒީ ވިއްކަން ހުއްދަ ދީފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން އެކަން ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮޕީ ރައިޓްއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ހަމަތަކާ ހިލާފަށް އެފްއޭއެމްގެ ހުއްދަ ނެތި ގައުމީ ޓީމުގެ ރަސްމީ ޖޯޒީ ވިއްކަމުންދާ މައްސަލައިގައި ގާނޫނީ ގޮތުން ހައްލު ހޯދާނެ ކަމަށް ވެސް އެފްއޭއެމުން ބުނެފައިވެ އެވެ.

ގައުމީ ޖޯޒީ ތައްޔާރު ކުރަން އެފްއޭއެމުން ހަވާލުކުރި "އައިލެންޑް އެޕެރަލްސް" ކުންފުނިން ވެސް ވަނީ ކޮޕީ ރައިޓް ގާނޫނާ ހިލާފަށް އެހެން ކްލަބުތަކުގެ ޖޯޒީ އެ ކްލަބުތަކުގެ ލޯގޯ ޖަހައިގެން ވިއްކަން ނެރެފަ އެވެ. ކުޅިވަރު ސާމާނު އުފައްދާ ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނިތައް ކަމަށްވާ، "ނައިކީ" އާއި "އެޑިޑާސް" އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކްލަބުތަކުގެ ޖޯޒީ އެ ކްލަބުތަކުގެ ރަސްމީ ލޯގޯ ޖަހައިގެން "އައިލެންޑް އެޕެރަލްސް" އިން ވަނީ ވިއްކަން ނެރެފަ އެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ޖޯޒީ ވިއްކަން ބޭނުންވާނަމަ އެކަމުގެ އުސޫލުތަކާ އެއްގޮތަށް ވިއްކަމުން ދިއުމަށް ވެސް އެފްއޭއެމުން އިލްތިމާސް ކޮށްފައިވެ އެވެ.

ރާއްޖޭގައި މީގެ ކުރިން ބޭއްވި އެހެން މުބާރާތްތަކާއި ހިލާފަށް، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ޖޯޒީ ވިއްކުމުގެ ފޯރި އިތުރުވި މުބާރާތެކެވެ. އަމިއްލަ ކުންފުނިތަކުން ވެސް ވަނީ ސަޕޯޓަރުންގެ ޖޯޒީތައް މާ ކުރިން ވިއްކަން ފަށއިފަ އެވެ. ގައުމީ ޓީމުގެ އޮފިޝަލް ޖޯޒީ ލޯންޗު ކުރީ އަމިއްލަ ކުންފުނިތަކުން ސަޕޯޓަރުންގެ ޖޯޒީ ވިއްކަން ފެށިތާ ދެތިން ދުވަސް ފަހުންނެވެ.