ބީއެމްއެލްގެ އެހީގައި ނޮޅިވަރަންފަރު ސްކޫލުގައި "ރީޑިން" ޕާކެއް
ބީއެމްއެލްގެ އެހީގައި ނޮޅިވަރަންފަރު ސްކޫލުގައި "ރީޑިން" ޕާކެއް

ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ" ފަންޑުގެ އެހީގައި ހދ. ނޮޅިވަރަންފަރު ސްކޫލުގައި ދަރިވަރުންނަށް ޕާކެއް ހުޅުވައިފި އެވެ.

ބީއެމްއެލްގެ އެހީގައި ނޮޅިވަރަންފަރު ސްކޫލުގައި "ރީޑިން" ޕާކެއް
ބީއެމްއެލްގެ އެހީގައި ނޮޅިވަރަންފަރު ސްކޫލުގައި "ރީޑިން" ޕާކެއް

މި "ރީޑިން" ޕާކު ތަރައްގީކުރީ އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓުންނެވެ. މިއީ އެ ރަށުގެ ސްކޫލް ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެެރިކަން އުފައްދައި ފަސޭހަކަމާ އެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމަށް ހިންގި ޕްރޮޖެކްޓެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މި ޕާކުގައި ބަހައްޓާފައިވާ ފޮތް ހަރުގަނޑުތަކަކީ ހުރިހާ މޫސުމަކާ ގުޅޭ ހަރުގަނޑުތަކެކެވެ. އަދި ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަ ފޮތްތައް ވެސް އެ ޕާކުގައި ހުންނާނެ އެވެ.

ޕާކު އިތުރަށް ފުރިހަމަ ކުރަން ބެންޗާއި އުނދޯލި އަދި ޖޯލިފަތި ވަނީ ބަހައްޓައިފަ އެވެ.

"މި ޕާކުގެ ސަބަބުން މުޅި ރަށަށް ވެސް ނުހަނު ބޭނުންތެރި މަގްސަދެއް ހާސިލްވާނެ. ދަރިވަރުންނާއި، ޓީޗަރުންނާއި ބެލެނެވެރިން ހިމެނޭހެން މި ރަށުގެ އާބާދީގެ 80 ޕަސެންޓް ރައްޔިތުން ސްކޫލް ބޭނުންކުރަމުން ދިޔުމުގެ ސަބަބުން ރީޑިން ޕާކް ގާއިމްކުރެވިފައި ވަނީ އެކަމަށް ވަރަށް އެކަށީގެންވާ ތަނެއްގައި،" ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް ގެ ފަރާތުން މުހައްމަދު އާސިފް ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މި ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000ރ. ބޭންކުން ދޭނެ އެވެ.