03 އޮކްޓޯބަރ 2021 - 08:47

ލިތުއޭނިއާގެ ފިރިހެނެއްގެ ބަނޑުން ކިލޯއެއްގެ މޮހޮރާއި އިސްކުރާއި ނަޓްގެ އިތުރުން ވަޅި ވެސް ނަގާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ލިތުއޭނިއާ ދައުލަތުގެ މީޑިއާ އެލްއާރްޓީއާ ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހާގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސާތީ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަންކޮށްފައި ވަނީ ހުކުރު ދުވަހު ކްލެއިޕީޑާ ޔުނިވަސިޓީ ހޮސްޕިޓަލްގަ އެވެ. އޭނާގެ ބަނޑުން 10 ސެންޓިމީޓަރުގެ ތަނެއް ކަފާލައިގެން ތިން ގަޑިއެއްހާ އިރަށް ކުރި އޮޕަރޭޝަނަށް ފަހު މިހާރު ހާލު ރަނގަޅު ކަމަށް ބުނެފައިވެ އެވެ.
ހޮސްޕިޓަލްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ފިރިހެން މީހާ ގިނަ އަދަދެއްގެ މޮހޮރާއި އިސްކުރާއި ނަޓާއި ވަޅި ފަދަ ތަކެތި ދިރުވާލީ ކުރިން ރަލަށް ދެވިި ހިފާފައިވާ މީހާ ބަނގުރާ ބުއިން ހުއްޓައިލިތާ މަހެއްހާ ދުވަސް ފަހުން ކަމަށެވެ. ނަމަވެސް އެ މީހާއާ ބެހޭ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެ އެވެ.
އޭނާ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމްގައި އިސްކޮށް އުޅުއްވި ސަރުނާސް ޑައިލީޑީނަސް މި ކޭސް ސިފަކޮށްފައި ވަނީ ވަރަށް "ޔުނިކް" ކޭހެއްގެ ގޮތުގަ އެވެ.