01 އޮކްޓޯބަރ 2021 - 21:17

ނޭޕާލް މޮޅުވެގެން މެޗު ނިމިއްޖެ

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ފަސް މިނިޓް ދައްކައިފި

ނޭޕާލްގެ ކުޅުންތެރިން ރާއްޖޭގެ ދެ ކުޅުންތެރިން ކަޓުވާލުމަށް ފަހު އަރާ ނޭޕާލުން ގޯލު ޖަހައިފި.

ތަފާސްހިސާބަށް ބަލާއިރު ރާއްޖެ އާއި ނޭޕާލް މިހާތަނަށް އަށް ފަަހަރު ބައްދަލުކޮށް، ހަތަރު މެޗު ވަނީ އެއްވަރުވެފައި. ހަތަރު މެޗުން ރާއްޖެ ވަނީ މޮޅުވެފައި

އަނެއްކާވެސް ނާއިޒް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައެއް ކީޕަރު ދިފާއުކޮށްފި. ރާއްޖޭން ގެނައި ދެ ބަދަލާ އެކު މިހާރު ދަނީ ރާއްޖޭން މެޗު ޑޮމިނޭޓް ކުރަމުން
ރާއްޖޭގެ ނާއިޒް ހަސަން ފޮނުވާލި ބާރު ޝޮޓެއް ކީޕަރުގެ އަތުގައި ނުޖެހި ގޯލު ދަނޑި މަތިން ބޭރަށް
ރާއްޖޭން ވާތް ފަރާތު ހަނި އެންގަލުން ހަމްޕު ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރުމުން ދެ ވަނަ ފަހަރަށް ދަގަނޑޭ ފޮނުވާލުމުން ގޯލު މަތިން ބޭރަށް
ރާއްޖެ އަށް ލިބުނު ހިލޭ ޖެހުން އަޝްފާގު ފޮނުވާލުމުން ގޯލަށް ވަންނަން ދަނިކޮށް ނޭޕާލް ކީޕަރު އަތުން ޖަހާ ބޭރުކޮށްލައިފި
ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) އަށް ކުރި ފައުލަކާ ގުޅިގެން ނޭޕާލް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކައިފި
ނޭޕާލުގެ ކުޅުންތެރިންނަށް ކުރި ފައުލަކަށް ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ރީނދޫ ކާޑެއް ދައްކައިފި
ރާއްޖޭން ނެގި ހިލޭ ޖެހުމެއް ރާއްޖޭގެ ކުޅުންތެރިން ފޮނުވާލުމުން ނޭޕާލްގެ ކީޕަރު ދިފާއުކޮށް ކޯނަރަކަށް ބޭރަށް. ރާއްޖޭން ނެގި ކޯނަރު ވެސް ކީޕަރު ދިފާއުކޮށްފި
މި ވަގުތުކޮޅުގެ ތެރޭގައި ނޭޕާލުން ދަނީ ރާއްޖޭގެ އޭރިއާ ތެރޭގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުން
ނޭޕާލުގެ ކީޕަރު އަދި ކެޕްޓަނަކީ ގަލޮޅު ދަނޑުގައި ކުރިން ކުޅެ ދަނޑަށް ފަރިތަ ކީޕަރެއް
އަޝްފާގު ނެގި ކީޕަރު ނޭޕާލްގެ ކީޕަރު ކިރަން ދިފާއުކޮށްފި
އަޝްފާގު ހިފައިގެން ދިޔަ ބޯޅައެއް ނޭޕާލުގެ ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލައިފި
ދެވަނަ ހާފުގެ ކުޅުން ފަށައިފި
ފުރަތަމަ ހާފުގެ ކުޅުމުގައި ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ހުއްޓުވުމަށް ނޭޕާލުގެ ޑިފެންޑަރުންނަށް ވަނީ އުނދަގޫވެފައި. ދަގަނޑޭ ހިފައިގެން ވަންނަ ގިނަ ބޯޅަތަކަށް ނޭޕާލުގެ ކުޅުންތެރިން ވަނީ ފައުލްކޮށްފައި. ރާއްޖޭގެ އަރިމަތިން ހަމްޒާ މުހައްމަދު (ހަމްޕު) ގެ ހަމަލާތައް ވެސް ވަނީ އޭރިއާ ތެރޭގައި ނުރައްކާކޮށްފައި، ނަމަވެސް ރާއްޖެ އަށް މި ހާފުގައި ދިމާވި މައްސަލަ އަކީ ނިންމާނުލެވުން. ރާއްޖޭގެ ގޯލަށް ނޭޕާލަށް ނުރައްކާ ކުރެވިފައި ވަނީ އެންމެ ފަހަރަކު
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ
ރާއްޖޭން ނެގި ކޯނަރު ނޭޕާލުގެ ކީޕަރު ދިފާއުކޮށްފި.
ރާއްޖޭގެ އަރިމަތިން ހަމްޒާ ހިފައިގެން ދިޔަ ބޯޅައެއް ނޭޕާލުގެ ކުޅުންތެރިން ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފި.
ނޭޕާލުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އަޝްފާގު ގޯލަށް ޖެހި ބޯޅަ ކީޕަރު ދިފާއުކޮށްފި
މިރޭގެ މެޗަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ދަނީ ތަރުހީބު ދެމުން.
ރާއްޖޭގެ ކުޅުންތެރިން އުފެއްދި ނުރައްކާ ހަމަލާއެއް ނޭޕާލްގެ ކީޕަރު ދިފާއުކޮށްފި
ޕަރާއްޖޭގެ ހާފުގެ ތެރޭން ނޭޕާލް ކުޅުންތެރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ކީޕަރު ދިފާއުކޮށްފި
އަލީ ފާސިރު ފޮނުވާލި ބާރު ބޯޅައެއް ނޭޕާލްގެ ކީޕަރު ދިފާއުކޮށްފި
ފުރަތަމަ ހާފުން 10 މިނިޓް ކުޅެވުނު އިރު ނޭޕާލް ހާފުގެ ތެރޭގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ ރާއްޖެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ބައްދަލު ކުރި މެޗު 1-0 އިން ނޭޕާލް ކާމިޔާބުކޮށްފި. މިއީ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ރާއްޖެ އަތުން މޮޅުވި ފުރަތަމަ ފަހަރު. ރާއްޖެ ވަނީ މި މުބާރާތް 2008 އަދި 2018 ވަނަ އަހަރު ކާމިޔާބުކޮށްފައި.