ބަންގްލަދޭޝް އާއި ލަންކާ މެޗުން މުބާރާތް ފަށައިފި
ބަންގްލަދޭޝް އާއި ލަންކާ މެޗުން މުބާރާތް ފަށައިފި

ބަންގްލަދޭޝް އާއި ސްރީ ލަންކާ ބައްދަލު ކުރާ މެޗުން ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރާއްޖޭގައި މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ދިރިއުޅޭ އެ ގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ތިބި މި މެޗު ފެށި ނަމަވެސް މުބާރާތް ހުޅުވުމުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މިރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ކުރިންނެވެ.

މި ފަހަރުގެ މުބާރާތުގައި ދެން ވާދަކުރަނީ އިންޑިއާ އިންނެވެ. ސާކުގައި ދެން ހިމެނޭ ޕާކިސްތާނާއި ބޫޓުން މި އަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ.

- އޮކްޓޯބަރު 1 (ހަވީރު): ސްރީ ލަންކާ - ބަންގަލަދޭޝް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ދިވެހިރާއްޖެ

- އޮކްޓޯބަރު 4 (ހަވީރު): ބަންގަލަދޭޝް - އިންޑިއާ

- އޮކްޓޯބަރު 4 (ރޭގަނޑު): ސްރީ ލަންކާ - ނޭޕާލް

- އޮކްޓޯބަރު 7 (ހަވީރު): އިންޑިއާ - ސްރީ ލަންކާ

- އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ދިވެހިރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 10 (ރޭގަނޑު): ނޭޕާލް - އިންޑިއާ

- އޮކްޓޯބަރު 13 (ހަވީރު): ބަންގްލަދޭޝް - ނޭޕާލް

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ދިވެހި ރާއްޖެ

- އޮކްޓޯބަރު 16 (ރޭގަނޑު): ފައިނަލް މެޗު

ހަވީރު ކުޅޭ މެޗުތައް ފަށާނީ 4 ޖަހާއިރު އެވެ. އަދި ރޭގަނޑުގެ ކުޅޭ މެޗުތައް ފަށާނީ 9 ޖަހާއިރު އެވެ. ފައިނަލް މެޗު ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.