މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް
މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް

މާދަމާ ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމު މޮޅުވާ ކޮންމެ މެޗަކަށް އިތުރު ހިތްވަރެއްގެ ގޮތުން، ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް
މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް

ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާ މިއަދު މެންދުރު ފަހު ހޮޓެލް ޖެންގައި ބައްދަލު ކުރައްވައި ރައީސް ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ އަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާކަން ފާހަގަ ކުރައްވައިފަ އެވެ.

މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް
މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް

ރާއްޖެއަކީ ފުޓުބޯޅަ އަށް ލޯބިކުރާ ގައުމެއް ކަމަށާއި ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗަތައް ތަރައްގީކުރުމަށް އިސްކަންދެއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، ގައުމީ ފުޓްބޯޅަ ދަނޑު ބޭނުންވާ ޚިދުމަތްތަކާ އެކު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ޕްލޭނެއް އެބައޮތްކަމުގައި ރައީސް ވިދާޅުވި އެވެ.

މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް
މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް

ދިވެހިން ތިބީ ގައުމީ ފުޓުބޯޅަ ޓީމާ އެކު ތިން ވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރުމަށް ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ.

މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް
މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް

ރައީސް ވަނީ ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅަ އަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމުގައި ވިދާޅުވެ، މި ލިބުނު ކުޑަ މުއްދަތު ތެރޭގައި ގައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް
މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ 9 ޖަހާއިރު ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.

މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް
މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ލިބޭނެ: ރައީސް

މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. އަދި މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.