30 ސެޕްޓެމްބަރ 2021 - 21:19

ސަރުކާރުގެ ނެޓުހެޔޮ މަޝްރޫއުގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންތަކުގެ ޑޭޓާ އެލަވަންސްތައް އިތުރުކޮށް، މުޅިން އާ ޕްލޭތަކެއް ތައާރަފްކުރުމާ އެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ އިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކާ އެކު ހެޔޮ އަގުގައި މުޅިން އާ ޕެކޭޖްތަކެއް ވެސް ލިބޭނެ އެވެ. ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންތަކަށް 25 ޕަސެންޓް އިތުރު ޑޭޓާ ލިބޭ އިރު، ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް 80 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ވެސް ލިބޭނެ އެވެ.
އިތުރުވަމުން އަންނަ ޑިޖިޓަލް ހިދުމަތްތަކާ އެކު ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތުގެ މަތިން ހެޔޮ އަގުގައި ކޮލިޓީ އިންޓަނެޓެއް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާ ކަމަށް އުރީދޫން ބުނެ އެވެ.
ޕްރިޕެއިޑް ޕްލޭންތަކަށް 38 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގު ވެސް ވަނީ ތިރިވެފަ އެވެ. އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް އެކު އާ ޕްލޭންތަކެއް ތައާރަފް ކުރެވިފައިވީ އިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 29 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގު ތިރިވެ ކުރިއަށްވުރެ ގިނަ ކަންކަން ހެޔޮ އަގުގައި ކުރެވޭނެ އެވެ.
ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ވައިބާ، ޓުވިޓާ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކޮށްލުމަށް ހާއްސަ ޑޭޓާ އެލަވަންސް އުރީދޫގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ. ނެޓުހެޔޮ ޕޯސްޓްޕެއިޑް 600 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތާ އެކު، ކަސްޓަމަރުންނަށް މަސް ނިމޭ އިރު ބޭނުންނުކޮށް ހުރި ރެގިއުލާ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އިތުރުވާނެ އެވެ.
ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ އިރު 80 ޕަސެންޓާ ހަމައަަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ. މީގެ އިތުރުން 25 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާ މެދު ފަސޭހަ ހޯމްބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް 20 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގު ތިރިވާނެ އެވެ.