ހިޔާ ފްލެޓްތަކުން މައްސަލަ ފުންޏެއް، އެޗްޑީސީ އަދި ތައްޔާރެއް ނޫން!
ހިޔާ ފްލެޓްތަކުން މައްސަލަ ފުންޏެއް، އެޗްޑީސީ އަދި ތައްޔާރެއް ނޫން!

ހުޅުމާލޭގެ ފޭސް ދޭއްގައި ހެދި ހިޔާ ފްލެޓްތަކުގެ ތެރެއިން 100 ފްލެޓްގައި ވެސް މީހުން އަދި ދިރިއުޅޭކަށް ނުފަށަ އެވެ. އެކަމަކު މިހާރު ވެސް އެތައް މައްސަލަތަކެއްގެ ޝަކުވާ އޮތީ ފެންމަތިވެފަ އެވެ. އެންމެ އާދައިގެ ކުދިކުދި މައްސަލަތަކުން ފެށިގެން، ހައްލުކުރަން އުނދަގޫ ބައެއް މައްސަލަތައް ވެސް އެ މީހުންނަށް ވަނީ ކުރިމަތިވެފަ އެވެ.

ހިޔާ ފްލެޓްތަކުން މައްސަލަ ފުންޏެއް، އެޗްޑީސީ އަދި ތައްޔާރެއް ނޫން!
ހިޔާ ފްލެޓްތަކުން މައްސަލަ ފުންޏެއް، އެޗްޑީސީ އަދި ތައްޔާރެއް ނޫން!

އެ މައްސަލަތައް ފަހަރަކަށް ވުރެ ފަހަރެއް ދަނީ ގިނަވަމުންނެވެ. ޝަކުވާ ކުރިޔަސް، އެކަމަކަށް އަދި ހައްލެއް ގެނެވޭކަށް ވެސް ނެތެވެ.

ހިޔާ ފްލެޓްތަކުން މައްސަލަ ފުންޏެއް، އެޗްޑީސީ އަދި ތައްޔާރެއް ނޫން!
ހިޔާ ފްލެޓްތަކުން މައްސަލަ ފުންޏެއް، އެޗްޑީސީ އަދި ތައްޔާރެއް ނޫން!

ހިޔާ ފްލެޓްތަކުގައި މީހުންް އުޅެން ފެށުމާ އެކު، އެންމެ ފުރަތަމަ ވެސް ދިމާވީ ތަން ގޮނޑުވުމުގެ މައްސަލަ އެވެ. ފްލެޓުތަކުގައި މި ވަގުތު ދިރިއުޅޭ މީހުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓުތަކުން ކުނިތައް ނަގާނެ އިންތިޒާމެއް ހަމަޖައްސާފައި ނެތުމެވެ. ކުނިވާ ޒާތުގެ އެއްޗެހި ފްލެޓުން ތިރިއަށް ބޭލި ނަމަވެސް އެ ކުނިތައް ބަލާ ދާނެ ބަޔަކު ނެތެވެ. އެންމެ ފަހުން އެތަނުގައި ހުރެ ކުނިތަކުގައި ފުޅަ އަޅައި، ބައެއް ފްލެޓްތަކުގެ ގްރައުންޑް ފްލޯ ގޮނޑުވަމުން ވެސް ދަނީ އެވެ.

ހިޔާ ފްލެޓްތަކުން މައްސަލަ ފުންޏެއް، އެޗްޑީސީ އަދި ތައްޔާރެއް ނޫން!
ހިޔާ ފްލެޓްތަކުން މައްސަލަ ފުންޏެއް، އެޗްޑީސީ އަދި ތައްޔާރެއް ނޫން!

"ކުނިތައް ނުނަގާތީ ކުނި ވަސް ވަރަށް ގަދަޔަށް ދުވާ. ކޮތަޅު އެއްޗެހި ފޫގޮސްގެން ތަޅުމަށް އެއްޗެހިތައް ފައިބާ ފުޅަ ވެސް އަޅައިފައި އެބަހުރޭ،" ފްލެޓުގައި އުޅޭ މީހަކު ބުންޏެވެ.

ކުނީގެ މައްސަލަ މިހާ ބޮޑުވެފައިވާއިރު ވަށައިގެން އޮތް މަގުތައް ވެސް އޮތީ ނުހެދި އެވެ. އެ ސަރަހައްދު އެހާ އަނދިރި އެވެ. މަގު ހަދައި ނިމުމުން ވެސް އެތަން އަލިކުރެވޭނެ ދުވަހެއް އެޗްޑީސީއަކަށް އަދިވެސް ނޭނގެ އެވެ. އެ ސަރަހައްދުން ރޭގަނޑު ދުއްވާ އުޅަނދުގެ އަލިކަން ނޫން އަލި ކަމެއް ނުހުރެ އެވެ. ހިނގާފައިދާ މީހުން އަލި ކުރަން ޖެހެނީ ފޯނުންނެވެ. ބައެއް ފްލެޓްތައް ކައިރީގައި މަގުގައި ގުންޑޮޅި ހެދިފައި ހުރި އިރު މަގުތަކުގައި ޕާކުކޮށްލެވޭނެ އިންތިޒާމެއް ނެތެވެ.

ފްލެޓުގައި ހަރުކޮށްފައި ހުރީ ވޮއިސް ޑިޓެކްޓެޑް ލައިޓެވެ. އެހެންވެ، ލައިޓްތައް ދިއްލެނީ ހަމައެކަނި ބާރު އަޑެއް އިވިގެން އެކަންޏެވެ. އެހެންވެ، ފްލެޓްތައް ވައްކަމުގެ ހާއްޔަކަށް ވުމުގެ ބިރު ވެސް އެބައޮތެވެ.

"މިހާރު ވެސް ދޭތެރެއަކުން ވައްކަން އެބަކުރޭ. މީހުން ފްލެޓް ހަދަން ގެންނަ މުދާކޮޅު ވަގަށް ނަގައިގެން އެބަގެންދޭ. ރޭގަނޑު މިތަން މިހާ އަނދިރިއްޔާ ފްލެޓަށް ވަދެފައި ވެސް ވައްކަންކޮށްގެން ހިނގައިދާނެ،" ފްލެޓެއްގައި ދިރިއުޅޭ މީހަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ގޭންގުތަކާއި ގްރޫޕުތަކުގެ އުނދަގޫ ކުރިމަތިވެދާނެ ކަމުގެ ބިރު އެތަނަށް މިހާރު ވެސް އެބައޮތެވެ. ބައެއް ފްލެޓްތަކުގައި މާލޭގެ ބައެއް ނަން މަޝްހޫރު ގޭންގުތަކުގެ ނަންތައް މިހާރު ވެސް ލިޔެފައި އެބަހުއްޓެވެ. ރަނގަޅަށް މީހުން އުޅެން ފެށުމުގެ ކުރިން ވައްކަމާއި ގޭންގުތަކުގެ އުނދަގޫ ބޮޑުވިއިރު ފްލެޓުތަކުގައި އެއްވެސް މިންވަރަކަށް ސެކިއުރިޓީއެއް ނެތެވެ. ބޭނުން ބަޔަކު ގޮސް އެތަންތަނަށް ވަދެ ނިކުމެ ހަދަންވީ އެވެ.

އެއްވެސް ސެކިއުރިޓީއެއް ނެތި، ބިރުވެރި ކަމެއްގައި، މިހާރު ވެސް އެތާނގައި ބައެއް މީހުން އުޅެމުން އަންނައިރު، އަސާސީ ހިދުމަތްތައް ނެތުމުން ފްލެޓުތަކުގައި އުޅުމުގެ ހަރަދު ބޮޑުކަމުގެ ވާހަކަތައް ވެސް މަދެއް ނޫނެވެ. އާދައިގެ ފިހާރައަކުން އެއްޗެއް ގަންނަން ޖެހުނަސް، އެންމެ ކައިރިން ވެސް ދެވެން އޮތީ ފޭސް އެކަކަށެވެ. ޑެލިވަރީގެ ހިދުމަތް ދެނީ މަދު ފިހާރައަކުންނެވެ. އެހެންވެ، ކުޑަކުޑަ ވިޔަފާރިއެއް ކޮށްލަން ވިޔަސް ޖެހެނީ ބޮޑު ދަތުރަކަށް ތައްޔާރުވާށެވެ.

އެތަނަށް ބަހުގެ ހިދުމަތް ނުލިބި ދަރިން ސްކޫލަށް ކޮނޑަށް ލައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުވި އެވެ. އެންމެ ފަހުން މި ޝަކުވާތައް ބޮޑުވެ، ހުކުރު ދުވަހު ސަރުކާރުން މިވަނީ ފޭސް ދެއަކަށް ބަހުގެ ހިދުމަތް ފަށައިފަ އެވެ.

"މިތަނަށް އަޅުގަނޑުމެން މި ބަދަލުވީކީ ކުއްލިއަކަށް ނޫން. ތަން ނިމިފަ އެތައް އަހަރެއް ފަހުން ފްލެޓް ހަވާލުކުރީމަ ކޮންމެ މީހަކު ވެސް ބޭނުންވާނީ އަވަހަށް ފްލެޓަށް ދާން. ވީވަރެއް ކޮށްލައިގެން ފްލެޓަށް އައިއިރު ވެސް އަދި އެހާ މައްސަލަތައް ގިނަވީމަ، ނޫނީ ތިން އަހަރުވީއިރު ވެސް ސަރުކާރަށް މިކަން ހައްލުނުކޮށްދެވުނީމަ މިއީ މައްސަލައަކީ."

ފްލެޓްގެ އެތެރޭގެ މަސައްކަތް ފްލެޓްގެ ލިބޭ މީހުންގެ އަމިއްލަ ހަރަދުގައިކުރާ ގޮތަށް ފްލެޓް އެއްބަސްވުން ހަދައި ތަޅުދަނޑި ހަވާލުކުރަމުން އަންނައިރު ފްލެޓަށް ރޭންޖް ނުލިބޭ ކަމުގެ ޝަކުވާއަކީ ވެސް ބޮޑުވެފައިވާ މައްސަލަކެވެ. ފްލެޓަށް ވަނުމަށް ފަހު ގައުމުގައި ވާނުވާ ނޭނގޭ ހާލަތެއްގައި ބައެއް މީހުން ދިރިއުޅެމުން އަންނައިރު މުހިއްމު ކޯލެއް ކޮށްލުމަށް ވެސް ޖެހެނީ ފްލެޓުގެ އެތަން މިތަނަށް ރޭންޖް ހޯދަން ދުވާށެވެ. އޮންލައިން ކްލާސްތަކަށް ވަންނަ ދަރިންގެ ހާލު ވެސް ހަމަ އެފަދަ އެވެ.

ގޭގެއަށް އިންޓަނެޓްގެ ހިދުމަތް ނުލިބި، ޓީވީ ބެލޭނެ ގޮތެއް ވެސް އެ މީހުންނަކަށް އަދި ނެތެވެ. އަދި އޮތީ މުނިފޫހިފިލުވުމުގެ އިންތިޒާމެއް ނެތި ގޭގައި ތިބުމެވެ. އެ އިންތިޒާމުތައް ހަމަޖެހޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

"ކިޔަވާ ކުދިންނަށް މި ބޮޑަށް އުނދަގޫވަނީ. މި ކުދިންގެ ކްލާސްތައް އޮންލައިންކޮށް އޮންނައިރު ރޭންޖު ނުލިބޭތީ ހަމަ އެކި ތަންތަނަށް ކިޔަވަން އިނދެގެން ދުވާނެ،" ފްލެޓްގައި އުޅޭ މީހަކު ބުންޏެވެ.

ގިނަ ބަޔަކު އަދި ފްލެޓަށް ދިރިއުޅުން ބަދަލުނުކުރި ނަމަވެސް މިހާ އަވަހަށް ލިފްޓްގެ މައްސަލަތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. ގާތްގަނޑަކަށް ނުވަ ވަރަކަށް މީހުންގެ ޖާގައިގެ މި ލިފްޓްތައް ބައެއް ފްލޯތަކަށް ނުހުއްޓިދާ މައްސަލަ އާއި ކަރަންޓް ނުކެނޑި ލިފްޓުގައި ތާށިވުމުގެ މައްސަލަތައް ވެސް ގިނަ އެވެ.

"އަޅުގަނޑާ އެކީ މީހަކު އެރީ 11 ވަނަ ފްލޯއަށް ދާންވެގެން. އެގާރަ އަށް ފިތާލި ނަމަވެސް އެ ފްލޯއަކަށް ނުއެއް ހުއްޓޭ. ދެން އެންމެ ފަހުން 12 ވަނަ ފްލޯއަށް ގޮސްފައި ސިޑިން އެ މީހާ ތިރިއަށް ދިޔައީ. އަހާލީމަ ބުނީ ކޮންމެ ފަހަރަކު ވެސް ޖެހެނީ ދިހައަކަށް ނޫނީ 12 އަށް ފައިބައިފައި ސިޑިންނޭ ދާން، ލިފްޓު ނުހުއްޓާތީ."

މިފަހުން ސްކޫލަށް ދާން ކުއްޖަކު ގޮވައިގެން އެރި މީހަކު ވެސް އޭނާގެ ދެ އަހަރުގެ ދަރިފުޅާ އެކު ލިފްޓުގައި ތާށިވެގެން 15 ވަރަކަށް މިނިޓް ހުރި ވާހަކައެއް ހިއްސާކުރި އެވެ. އޭނާ ބުނެފައިވާ ގޮތުގައި ލިފްޓުގައި ތާށިވެ ގިނައިރުވެ، ކުއްޖާ ރޯން ފެށުމުން، އެކިގޮތްގޮތަށް ދޮރު ހުޅުވަން އުޅެނިކޮށް ދޮރުހުޅުވުނީ އެވެ.

މިފަދަ އެތައް މައްސަލައެއް ފްލެޓްތަކުގައި އުޅޭ މީހުންނަށް ކޮންމެ ދުވަހަކު އެބަ ކުރިމަތިވެ އެވެ. ވިއްސާރަ ދުވަސްވަރެއްގައި ކުޑަ ދޮރުތަކުން ކޮޓަރި އަށް ފެން ލީކުވުމުގެ މައްސަލައިން ފެށިގެން ގަދަ ހޫނުގެ ސަބަބުން ބިއްލޫރިގަނޑުގައި ރެނދުލައި ތަޅައިގެން ދިއުމާ ހަމައަށެވެ.

ފްލެޓްގެ މަސައްކަތް ނިންމަން ދިން މުއްދަތުގައި މީހުން އުޅެން ފަށާނެ ކަމަށް އެޗްޑީސީން އުއްމީދެއް ނުކުރެ އެވެ. އެހެންވެ އެ މުއްދަތުގައި އެޗްޑީސީން އުޅުނީ ފްލެޓްތަކުގައި މީހުން އުޅެން ފެށުމުގެ ކުރިން މި މައްސަލަތައް ދިމާނުވާނެ ގޮތަށް އެ ސަރަހައްދުގެ އިންތިޒާމުތައް ހަމަޖައްސާށެެވެ.

އެކަމަށް ތައްޔާރުނުވެ އޮއްވާ ފްލެޓުގައި މީހުން ދިރިއުޅެން ފެށުމާ އެކު މިއޮތީ ބޮޑު މައްސަލަ ފުންޏެކެވެ. އެކަމަކު ވީއެންމެ އަވަހަކަށް މި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ފްލެޓުގައި އުޅޭ މީހުންގެ މިވަގުތު ކުރާ އެންމެ ބޮޑު ޝަކުވާއަކީ ކުނީގެ މައްސަލަ ކަމަށެވެ.

ފްލެޓުތަކުގެ ކުނިތައް ނުނެގޭ މައްސަލަ ގުޅިފައި ވަނީ އެ ސަރަހައްދުގެ މަގުތައް ނުހެދި ލަސްވުމުގެ މައްސަލައާ އެވެ. އެޗްޑީސީން ބުނީ ފްލެޓްތައް ކައިރީ މަގުތައް މިހާތަނަށް ހެދިފައިނުވާތީ ވެމްކޯގެ ވެހިކަލްތައް އެ ސަރަހައްދަށް ވެއްދުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، މަގުތައް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދެ އެވެ. އެތަނުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު މި މުއްދަތުގައި ކުނި ނެގުމުގެ މަސައްކަތް އެޗްޑީސީން ކުރުމަށް ވެސް އެބަ ތައްޔާރުވެ އެވެ. އެކަމަކު އެ މަސައްކަތް ކުރެވެން އޮތީ ޑަސްބިން ލިބިގެން ކަމަށާއި އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"ނޮވެމްބަރުގައި ވެމްކޯ އިން ކުނި ނަގަން ފެށޭނެ ކަމަށް ދީފައި އޮތް ޑޭޓަކީ. އޭރަށް މަގުތަކުގެ މަސައްކަތް ވެސް ނިމޭނެ." އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ލަފާކުރާ ގޮތުގައި އަންނަ މަހުގެ ތެރޭގައި އެ ސަރަހައްދުގެ މަގުތައް ހަދައި ނިމޭނެ އެވެ. މިހާރު ފްލެޓްތައް ކައިރީ މަގުތަކުގައި ތާރު އަޅަމުން އެބަދެ އެވެ. އެކަމަކު މަގުތައް ނިމުނު ނަމަވެސް އެ ސަރަހައްދު އަލިކުރެވޭނެ ސީދާ ދުވަހެއް ނޭނގޭ ކަމަށް ވެސް ބުނެ އެވެ.

ފްލެޓްތަކުގެ އެތެރެ އަނދިރިކަމުގެ ޝަކުވާ ވެސް ލިބޭތީ އެތަނުގެ ލައިޓް ސިސްޓަމަށް ބަދަލު ގެނައުމަށް އެ ކުންފުނިން މިހާރު އޮތީ ނިންމައިފަ އެވެ. އެ ގެންނަ ބަދަލާ އެކު ހަވީރު 6 އިން ހެނދުނު 6 އަށް ހުންނާނީ ދިއްލިފަ އެވެ. އެކަމަކު އެ މަސައްކަތްކުރަން ދެ މަސް ނަގާނެ ކަމަށް ލަފާކުރެ އެވެ. ފްލެޓްތައް ސަރަހައްދުގައި މިހާރު ފުލުހުން ވެސް ހަރަކާތްތެރިވާން ފަށާފައިވާއިރު އެތަނުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ޕްރޮޖެކްޓެއް ވެސް އެބައޮތެވެ. އެ ޕްރޮޖެކްޓުގެ ދަށުން 3،000 އެއްހާ ކެމެރާ ހަރުކުރާނެވެ.

ގާތަގަނޑަކަށް 40،000 އެއްހާ މީހުންގެ އާބާދީއެއް އެ ސަރަހައްދަށް ދިރިއުޅުން ފެށުމުގެ ކުރިން އެތަނުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް ކުުރަމުން އެބަދެ އެވެ. އެޗްޑީސީން ބުނި ގޮތުގައި މި ވަގުތު އެތަނުގެ ފެނުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރަމުން އަންނައިރު އެ މަސައްކަތް ނިމުމާ އެކު އެތަން ހުޅުވޭނެ ކަމަށް ބެލެވެ އެވެ. އެތާނގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް އެބަކުރެ އެވެ. ޓަވަރު އެކަކާއި ޓަވަރު ދޭއްގެ ދެމެދުގައި އޮތް ސަރަހައްދުގައި ވަގުތީ މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތް ވެސް ނޮވެމްބަރަށް ނިމޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ދެ ކުންފުންޏަކުން އެ ސަރަހައްދުގައި ސްކޫލު އެޅުމުގެ މަސައްކަތް ވެސް އެބަކުރެ އެވެ. އެކަމަކު 1000 ކުދިންގެ ޖާގައިގެ މި ދެ ސްކޫލުގެ ވެސް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅަށް ކަމަށް އެޗްޑީސީން ބުންޏެވެ.

މި މައްސަލަތަކަށް ހައްލު ގެނައުމާ އެކު އެ ސަރަހައްދުގައި އުޅޭ މީހުންނަށް ހިތްފަސޭހަ ތަނަކަށް އެތަން ހެދުމުގެ މަސައްކަތް ވެސް އެޗްޑީސީން އެބަ ކުރެ އެވެ. "ހިޔާ" ޕާކުގެ ނަމުގައި އެ ސަރަހައްދުގައި ޕާކެއް ގާއިމުކުރުކޮށް އެތަން ފެހިކުރުމުގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.