ރަންވޭ މަތިން ޕައިލެޓަށް ހާޓް އެޓޭކެއް ޖެހިއްޖެ
ރަންވޭ މަތިން ޕައިލެޓަށް ހާޓް އެޓޭކެއް ޖެހިއްޖެ

ގްލާސްގޯ (ޑިސެމްބަރު 3) - ސްކޮޓްލެންޑުގެ ގްލާސްގޯގެ އެއާޕޯޓުގެ ރަންވޭމަތިން ބޯޓު ޓެކްސީ ކުރަނިކޮށް ޕައިލެޓަށް ހާޓް އެޓޭކެއް ޖެހިއްޖެ އެވެ.

ކޭއެލްއެމްގެ ބޯޓުގެ ޕައިލެޓަށް ހާޓް އެޓޭކް ޖެހުނީ ނެދަލޭންޑްސްގެ އެމްސްޓެޑަމަަށް ނައްޓާލަން ތައްޔާރުވެެފައި ވަނިކޮށެވެ. ޕައިލެޓަށް އަވަސް ފަރުވާ ދިނުމުގައި ވަނީ ޕަސިންޖަރަކާއި ބޯޓުގެ ކްރޫން މަސައްކަތް ކޮށްފަ އެވެ. ފަޔާފައިޓަރުންގެ އެހީއާ އެކު ޕައިލެޓް ވަނީ ބޯޓުން ބާލައިފަ އެވެ. އަދި ހޮލެންޑުގެ ޕައިލެޓް ވަނީ ގްލާސްގޯގެ ގޯލްޑަން ޖުބިލީ ހޮސްޕިޓަލަށް ސްކޮޓިޝް އެމްބިއުލެންސް ސާވިސް އިން ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށްވެ އެވެ.

ބޯޓުގައި ތިބި 128 ޕަސެންޖަރުންނާ އެކު ބޯޓު އަނބުރާ ގޭޓަށް ގެންދިޔައީ ކޯ-ޕައިލެޓެވެ. ޕައިލެޓަށް ދިމާވި މައްސަލައާ ގުޅިގެން އެ ފްލައިޓް ކެންސަލްކޮށް ޕަސިންޖަރުން ވަނީ އެހެން ފްލައިޓްތަކަށް ބަދަލުކޮށްފަ އެވެ.