28 ސެޕްޓެމްބަރ 2021 - 14:51

ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، ޕޮލިސް ރީޖަނަލް ކޮމާންޑަރުން އިއްޔެ ބަދަލުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، ކޮމާންޑަރުންނަށް އައްޔަންކުރި އޮފިސަރުންނަށް ލިޔުން ހަވާލުކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.
- އަޕަ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު): ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝިހާމް
- ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު): ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ
- ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދު): ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ސަތީހު
- ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދު): ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު
- ސައުތު ޕޮލިސް (ގއ، ގދ، އައްޑޫ އަދި ފުވައްމުލައް ހިމެނޭ ސަރަހައްދު): ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް
ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި ފުލުހުންގެ ހިދުމަތް އިދާރީ ގޮތުން އިންތިޒާމުކޮށްފައިވާ ގޮތް ޕޮލިސް ކޮމިޝަނަރުގެ މަޝްވަރާގެ މަތިން ހޯމް މިނިސްޓަރު ކަނޑައަޅުއްވާއިރު، ފުލުހުންގެ ހިދުމަތް މުޅި ރާއްޖޭގައި އިންތިޒާމްވެގެންވާ ހަ ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ.
އެއީ، ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު)، އަޕަ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު)، ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ. އަތޮޅު)، ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު)، ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު) އަދި ސައުތު ޕޮލިސް (ގއ، ގދ، ޏ އަދި ސ އަތޮޅު) އެވެ.