ރެއިންބޯ އިން އިންސްޓޯލަމަންޓަށް ތަކެތި ދޫކުރަން ފަށައިފި
ރެއިންބޯ އިން އިންސްޓޯލަމަންޓަށް ތަކެތި ދޫކުރަން ފަށައިފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކާ އެއް ފިހާރަ، ރެއިންބޯ އިން ވިއްކާ ތަކެތި އިންސްޓޯލްމެންޓަށް ނެގޭ ސްކީމެއް ތައާރަފުކޮށްފި އެވެ.

މި ސްކީމްގައި ބައިވެރިވާން ބޭނުންވާ ކަސްޓަމަރުން އެ ކަމަށް ހާއްސަ ފޯމެއް ފުރާފައި ލުމުން އެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަަށް ރެއިންބޯ އިން ބުންޏެވެ. ފޯމެއް ހުށަހަޅަން ޖެހެ އެވެ. އެކަމަކު އެ ފޯމާއެކު، އެއް އަހަރު ދުވަހުގެ ބޭންކް ސްޓޭޓްމެންޓަކާއި ގަންނަން ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ވަޒީފާގައި އުޅޭ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.

ރެއިންބޯ އިން ބުނީ މި އިންސްޓޯލްމެންޓް ސްކީމްގެ ދަށުން، ހުޅުމާލޭގެ ހިޔާ ފްލެޓަށް ފަރުނީޗަރު ބޭނުންވާ މީހުންނަށް ވެސް ތަކެތި ނެގޭނެ ކަމަށެވެ. އަދި ފްލެޓް ލިބުނު މީހަކު މި ސްކީމަށް ޝަރުތު ހަމަނުވާ ނަމަ އާއިލާގެ އެހެން މީހެއްގެ ނަންމަތީގައި ވެސް ތަކެތި ނެގޭނެ އެވެ.

މި ކަމަށް ބޭނުންވާ ފޯމު ރެއިންބޯގެ ހުރިހާ ފިހާރައަކުން ލިބޭނެ އެވެ. އަދި ރެއިންބޯ އޮންލައިން ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. މި ސްކީމާ ގުޅޭ އިތުރު މައުލޫމާތު 3340468 އަށް ނުވަތަ 7262200 ވައިބާ ކޮށްގެން އަދި އީމެއިލް އެޑްރެސް[email protected]އަށް މެއިލް ކޮށްގެން ހޯދޭނެ އެވެ.

ރެއިންބޯ އެންޓަޕްރައިސަސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި، ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ ކުންފުންޏެކެވެ. ރެއިންބޯ އިން ރާއްޖޭގައި ހިންގާ ފިހާރަތަކުގެ ތެރޭގައި ރެއިންބޯ ލިވިން މޯލް ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދު އާއި ރެއިންބޯ އޮފީސް ސިސްޓަމާއި ރެއިންބޯ އައްޑޫ ހިމެނެ އެވެ.