ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން މި އަހަރު ދަސްވެނިވެއްޖެ އެވެ.

ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

އެ ކޮލެޖުގެ ޑިގްރީ އަދި މާސްޓާސްގެ 24 ޕްރޮގްރާމަކުން 1،459 ދަރިވަރުން ފާސްވެފައިވެ އެވެ. ކޮވިޑު-19 ގެ ސަބަބުން މިދިޔަ އަހަރު ދަސްވެނިވުމުގެ ހަފުލާ ނުބޭއްވުމުން، ވިލާގެ މައި ކެމްޕަހުގައި އިއްޔެ އާއި މިއަދު ބޭއްވި ދަސްވެނިވުމުގެ ހަފުލާތަކުގައި ސެޓްފިކެޓް ދީފައިވަނީ މިދިޔަ އަހަރާއި މި އަހަރު ކިޔެވުން ނިންމި ދަރިވަރުންނަށެވެ.

ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

އޭގެ ތެރެއިން 858 ދަރިވަރުން މިދިޔަ އަހަރު ކިޔެވުން ނިންމިއިރު މި އަހަރު ކިޔެވުން ފުރިހަމަކޮށްފައިވަނީ 601 ދަރިވަރުންނެވެ.

ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

އެ ހަފުލާގައި، ވިލާގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ މި އަހަރު ދަސްވެނިވި ދަރިވަރުންގެ 60 ޕަސެންޓަކީ އަންހެނުން ކަމަށެވެ. އެއީ، އަންހެނުންނަށް މަތީ ތައުލީމު ފޯރުކޮށްދީ ބާރުވެރިކޮށް ހައްގު މަގާމު ހޯދައިދިނުމަށް ވިލާ ކޮލެޖުން އަދާކުރާ ހާއްސަ ދައުރު ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

ޑރ. ނަޖީބު ވިދާޅުވިގޮތުގައި، ރަށްރަށުގައި ގާއިމްކޮށްފައިވާ ކެމްޕަސްތަކުން ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މި އަހަރު ވެސް ޖުމްލަ ދަސްވެނިންގެ 20 ޕަސެންޓަކީ އެކި ކެމްޕަސްތަކުން ކިޔެވި ދަރިވަރުންނެވެ.

ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

މާލޭ އާއި ހުޅުމާލޭގެ އިތުރުން ށ. ފުނަދޫ، ޅ. ނައިފަރު، އދ. މަހިބަދޫ، ލ. ގަމު އަދި ސ. ހިތަދޫގައި ވެސް ވިލާގެ ކެމްޕަސް ހުރެ އެވެ.

ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

މީގެ 14 އަހަރުކުރިން ގާއިމްކުރި ކޮލެޖުގައި އަށް ދާއިރާއަކުން 117 ޕްރޮގްރާމަށް ކިޔަވައިދެ އެވެ. އެ ކޯސްތަކުން މިހާތަނަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެ އެވެ.