އިދިކޮޅު ކޯލިޝަނުން ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފި
އިދިކޮޅު ކޯލިޝަނުން ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފި

އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފި އެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މާލޭގެ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ.

ނަމަވެސް މާލެ އަށް މިއަދު މޫސުން ގޯސްވުމުން އެ ޖަލްސާ ފަސްކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ. އެ ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެ އެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ގެންދަނީ ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ގިނަ އަދަދެއްގެ މުޒާހަރާތަކާއި ޖަލްސާތައް ދާދިފަހުން ބާއްވާފައިވެ އެވެ.