ކޮވިޑް ވެކްސިން ޑިޖިޓަލް ޕާސްޕޯޓް ތައާރަފުކޮށްފި
ކޮވިޑް ވެކްސިން ޑިޖިޓަލް ޕާސްޕޯޓް ތައާރަފުކޮށްފި

ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހުން އެނގޭނެ ޑިޖިޓަލް ޕާސްޕޯޓް މިއަދު ތައާރަފުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނުގައި ބުނީ covidsafe.gov.mv މެދުވެރިކޮށް ވެކްސިންގެ ޑޯޒާއި ކޮވިޑަށް ޓެސްޓުކުރި ނަތީޖާތައް ފެންނާނެ ކަމަށެވެ.

- covidsafe.gov.mv ޕޯޓަލް އަށް ވަނުމުން އައިޑީކާޑު/ ޕާސްޕޯޓު ނަމްބަރު ޖެހުމަށްފަހު ފޯނު ނަމްބަރު ޖަހަން އަރާނެ

- ޕޯޓަލް އަށް ވަދެވޭނީ އޯޓީޕީ ޖެހުމަށް ފަހު

- މައުލޫމާތުތައް ރައްކާތެރިކުރުމަށް ޕޯޓަލް އަށް ވަދެވޭނީ އެޗްޕީއޭ އަށް ކުރިން ދީފައިވާ ފޯނު ނަމްބަރުން އެކަނި

- އެ މީހެއްގެ ކޮވިޑް ސްޓޭޓަސްގެ މައުލޫމާތު ކިއުއާރު ކޯޑަކުން އެހެން މީހުންނަށް ވަކި ވަގުތެއް ވަންދެން ހިއްސާކުރެވޭނެ އަދި ވެކްސިން ސެޓްފިކެޓް ޕްރިންޓުކުރެވޭނެ

ވެކްސިން ޖަހާފައިވޭތޯ ކަށަވަރުކުރަން މިހާރު ބޭނުންކުރަނީ އެޗްޕީއޭއިން ދީފައިވާ ކާޑު އެކަންޏެވެ. ނަމަވެސް ބައެއް ގައުމުތަކުން އެ ކާޑު ބަލައިނުގަންނަ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން މި ފަހުން ކޮށްފައި ވެ އެވެ.