05 ޖޫން 2016 - 11:30

ވިކްޓޯރިއާޒް ސީކްރެޓް، ޑޮލްޗޭ އެންޑް ގައްބާނާ ފަދަ ބޮޑެތި ބްރޭންޑްތަކަށް މޮޑެލް ކުރި ބްރެޒިލަށް ނިސްބަތްވާ ޖިޒޭލް އަކީ ބައިނަލްއަގްވާމީ ސުޕަ މޮޑެލްއެއްގެ އިތުރުން އދ.ގެ ތިމާވެށި ޕްރޮގްރާމްގެ ހީވާގި އެމްބެސަޑަރެއް ވެސްމެ އެވެ.

ތިމާވެއްޓާ ބެހޭ، ޖިޒްލޭގެ އެންމެ ފަހުގެ ޕްރޮޖެކްޓް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ އިއުލާނުކޮށްފަ އެވެ. އޭނާގެ އުފަން ގައުމު ބްރެޒިލްގެ މަޝްހޫރު އެމޭޒޮން ޖަންގައްޔާ ބެހޭ ގޮތުން ނެޝަނަލް ޖިއޮގްރެފިކުން އުފައްދާ ޑޮކިއުމެންޓަރީގައި ޖިޒެލް ފެނިގެންދާނެ އެވެ.
"އިޔާޒް އޮފް ލިވިން ޑޭންޖަރަސްލީ" ގެ ނަން ދީފައިވާ މި ޑޮކިއުސީރީޒް އަކީ އެމޭޒޮން ޖަންގަލީގެ "ޑީފޮރެސްޓޭޝަން" ނުވަތަ ގަސް ކެނޑުމުގެ ނުރައްކާތެރި އަސަރުތަކަށް ބަލާފައިވާ ޑޮކިއުމެންޓްރީއެކެވެ. އޮކްޓޯޫބަރު މަހު ނުކުންނަ މި ސީރީޒްގައި އެކި ނޫސްވެރިންގެ ތިމާވެއްޓާ ބެހޭ ރިޕޯޓުތަކާއި މަޝްހޫރު ސެލެބްރިޓީން ފެނިގެންދާނެ އެވެ.
"އިޔާޒް އޮފް ލިވިން ޑޭންޖަރަސްލީގެ ކޮރެސްޕޮންޑަންޓެއްގެ ގޮތަށް މަސައްކަތް ކުރަން ލިބުނީތީ ވަރަށް އުފާވެއްޖެ. އަހަރެންގެ ގައުމު ބްރެޒިލްގައި ހިނގަމުންދާ ޑީފޮރެސްޓޭޝަން އަދި ކްލައިމެޓް ޗޭންޖާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ އާ ސީރީޒް ނުކުންނާނީ މިއަހަރު ފަހުކޮޅު ނެޝަނަލް ޖިއޮގްރެފިކްގައި،" ޖިޒެލްގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވެ އެވެ.