ޕްރޮމޯޝަނަކާ އެކު "ލިޓަސް" ގެ ޝޯރޫމެއް ހިތަދޫގައި ހުޅުވައިފި
ޕްރޮމޯޝަނަކާ އެކު "ލިޓަސް" ގެ ޝޯރޫމެއް ހިތަދޫގައި ހުޅުވައިފި

ސައިކަލް ވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ ލިޓަސް އޮޓޯމޮބައިލްސްގެ އިން ޕްރޮމޯޝަނަކާ އެކު، އެތަނުގެ ޝޯރޫމެއް ރޭ އައްޑޫ ހިތަދޫގައި ރޭ ހުޅުވައިފި އެވެ.

ޕްރޮމޯޝަނަކާ އެކު "ލިޓަސް" ގެ ޝޯރޫމެއް ހިތަދޫގައި ހުޅުވައިފި
ޕްރޮމޯޝަނަކާ އެކު "ލިޓަސް" ގެ ޝޯރޫމެއް ހިތަދޫގައި ހުޅުވައިފި

ހިތަދޫ ލިންކްރޯޑްގައި ހަދާފައިވާ މި ޝޯރޫމް ހުޅުވައި ދެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބެވެ.

ލިޓަސްގެ އޮފިޝަލަކު ވިދާޅުވީ، އެ ކުންފުނިން ވިއްކާ ހުރިހާ ވައްތަރެއްގެ ސައިކަލެއް ހިތަދޫ ޝޯރޫމުން ލިބޭނެ ކަމަށެވެ. އަދި މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ގަންނަ ކޮންމެ ސައިކަލަކުން 5،000ރ. ގެ ޑިސްކައުންޓެއް ދޭނެ އެވެ.

ލިޓަސްގެ ހިތަދޫ ޝޯރޫމަކީ އައްޑޫގައި ހުޅުވި އެ ކުންފުނީގެ ދެވަނަ ޝޯރޫމެވެ. އަނެއް ޝޯރޫމް ހުންނަނީ ފޭދޫގަ އެވެ.

މާލެއާ އެކު މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލިޓަސްގެ 11 ޝޯރޫމް ހުރެ އެވެ.