22 ސެޕްޓެމްބަރ 2021 - 15:48

ސައިބާ އެޓޭކްތަކުން ސަލާމަތްވުމަށް ވިޔަފާރިތަކުގެ އަމިއްލަ ނެޓްވޯކްތައް ބޭނުން ކުރުމުގައި ޔުނިފައިޑް ތްރެޓް މެނޭޖްމެންޓް (ޔޫޓީއެމް) ހިދުމަތް ދިރާގުން ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ ޔޫޓީއެމް މެދުވެރިކޮށް ގެސްޓްހައުތަކާއި ހޮޓާތަކާއި މެދުފަންތީގެ ވިޔަފާރިތަކާއި އެންމެ ބޮޑެތި ވިޔަފާރިތަކަށް ވެސް ރައްކާތެރިކަމާ އެކު ހިދުމަތްދޭން ފަސޭހަވާނެ ކަމަށެވެ. ކްލައުޑް- ބޭސް ކޮށްދޭ މި ހިދުމަތް ބޭނުން ކުރަން ފެށުމުން ވިޔަފާރިތަކުގެ ހިދުމަތްތަކަށް ކުރިމަތިވާ ސައިބާ އެޓޭކްތަކުން ސަލާމަތްވާނެ އެވެ.
މި ހިިދުމަތް ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އެޑިޝަނަލް ހިދުމަތެއްގެ ގޮތުގައި ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. މި ހިދުމަތް ބޭނުން ކުރުމުން ޕްރައިވެޓް ނެޓްވޯކް ތެރޭގައި ހިންގާ ހުރިހާ މުއާމަލާތްތަކެއް ފަސޭހައިން މޮނީޓާ ކުރެވޭނެ އެވެ.
ދިރާގުން ވަނީ އޮފީހުން ބޭރުގައި ހިންގާ މުއާމަލާތްތައް ރައްކާތެރިކަމާ ކުރުމަށް "ކްލައުޑް ވީޕީއެން" ހިދުމަތްވެސް ތައާރަފްކޮށްފަ އެވެ. ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް މިހާރަށް ވުރެ ރައްކާތެރިކޮށް ދެވޭނެ ގޮތްތައް ހޯދައިދިނުމަށް ދިރަގުން އަންނަނީ ގިނަ ހައްލުތަކެއް ގެނެސްދެމުންނެވެ.