22 ސެޕްޓެމްބަރ 2021 - 14:47

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އަދި 80 އަހަރުގެ ތަޖުރިބާ ލިބިފައިވާ "މެންޒް އެންޑް ގާސާ ބްރޭންޑް" ގެ ޕްރޮޑަކްޓްތައް ހެޕީ މާކެޓުން ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި އެވެ.

އިޓަލީގެ އުފެއްދުމެއް ކަމަށްވާ މެންޒް އެންޑް ގާސާ ބްރޭންޑްގެ ރަހަމީރު ޖޭމް، މާމުއި އަދި ޗޮކްލެޓް ހޭޒަލްނަޓް ސްޕްރެޑްގެ އެކި ސައިޒުގެ ބާވަތްތައް ހެޕީ މާކެޓުން ލިބޭނެ އެވެ

އެ ބާވަތުގެ ހަތަރު ސައިޒެއްގެ އުފެއްދުން ހެޕީ މާކެޓުން ވަނީ ރާއްޖެ އަށް ތައާރަފުކޮށްފަ އެވެ. މީގެ ކޮންމެ ސައިޒެއްގައި ވެސް އެކި ފްލޭވާތައް ލިބެން ހުންނާނެ އެވެ.
މެންސް އެންޑް ގާސާގެ އުފެއްދުންތަކުގެ ތެރެއިން ޕޯޝަން ޕޮޑްސް ނުވަތަ ތަށީގެ ސްޓްރޯބެރީ، އޮރެންޖް، ޕޯޝަން ހަނީ އާއި ހޭޒަލް ޕްރެޑް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ސިންގަލް ޕޯޝަން ސައިޒްގެ ބިއްލޫރި ފުޅީގެ ވެސް ސްޓޯބެރީ، އޮރެންޖް، ރާސްބެރީ، އޮޕްރިކޮޓްގެ އިތުރުން ހަނީ ލިބޭނެ އެވެ.
ހެޕީ މާކެޓުން ބުނީ 40 ގްރާމްގެ ފުޅީގައި ސްޓްރޯބެރީ އާއި އޮރެންޖް، ރާސްބެރީ ޗެރީ އާއި ހޭޒަލްނަޓް އަދި އެޕްރިކޮޓް ވެސް ހުންނާނެ ކަމަށެވެ. އަދި ތިން ކިލޯގެ ޖޭމް ޓަބްތަކުގައި ސްޓްރޯބެރީ އާއި އޮރެންޖާއި މިކްސްޑް ފްރުޓް ފްލޭވާ ލިބެން ހުންނާނެ އެވެ.
މި އުފެއްދުން ހޯލްސޭލްކޮށް ލިބެން ހުންނާނީ ހެޕީމާކެޓްގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފިހާރަތަކުންނެވެ. އަދި ރީޓެއިލްކޮށް ހެޕީ މާކެޓްގެ ފިހާރަތަކުންނާއި މާލޭގެ އެހެނިހެން ފިހާރަތަކުން ވެސް ލިބެން ހުންނާނެ އެވެ.