ވީޑިއޯ ކޯލްތަކަށް ފޭސްބުކްގެ އާ ދެ ޑިވައިސްއެއް
ވީޑިއޯ ކޯލްތަކަށް ފޭސްބުކްގެ އާ ދެ ޑިވައިސްއެއް

ވީޑިއޯ ކޯލްތަކަށް ހާއްސަކޮށްގެން ފޭސްބުކުން ކުރިން ނެރެފައިވާ ޕޯޓަލް ވީޑިއޯ-ކޯލިންގެ ޑިވައިސްތަކުގެ އާ ދެ ވާޝަނެއް އަންގާރަ ދުވަހު ދައްކާލައި، އެ ނެރެން ތައްޔާރުވެއްޖެ އެވެ.

އަލަށް ނެރޭ އެއް ޑިވައިސް އަކީ އުފުލައި ގެންގުޅެން ފަސޭހަވާ ގޮތަށް ފަރުމާކޮށްފައިވާ 10 އިންޗީގެ ޕޯޓަލް ގޯ އެވެ. މީގެ އަގަކީ 199 ޑޮލަރު (3,064ރ.) ވެ. އަނެއް ޑިވައިސް އަކީ ބަހައްޓާފައި ހުންނަ ތަނެއްގައި ރޮޓޭޓްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ 14 އިންޗީގެ ޕޯޓަލް ޕްލަސް އެވެ. މި ޑިވައިސްގެ އަގަކީ 349 ޑޮލަރު (5,374ރ.) އެވެ.

ފޭސްބުކުން ބުނީ މި ދޭއްޗަކީ ވެސް ކުރީގެ ޑިވައިސްތަކަށް ވުރެ ވީޑިއޯ ކޮލިޓީ އާއި އަޑު ވެސް އެތައް ގުނައެއް ރަނގަޅު، އަދި ކެމެރާ އާއި މައިކްރޮފޯންގެ ސެކިއުރިޓީ ރަނގަޅު އުފެއްދުންތަކެއް ކަމަށެވެ.

މިހާރު ޕްރީ-އޯޑަރަށް ހުޅުވާލާފައިވާ ޕޯޓަލް ގޯ އާއި ޕޯޓަލް ޕްލަސް އާންމުކޮށް ވިއްކަން ފަށާނީ އަންނަ މަހުގެ 19 އިން ފެށިގެންނެވެ.

ވީޑިއޯ ކޯލްތަކަށް ފޭސްބުކުން އެންމެ ފުރަތަމަ ޕޯޓަލް ޑިވައިސްތައް ނެރުނީ 2018 ގަ އެވެ.